ތުޅާދޫ ސިއްޙީމަރުކަޒް - ފޮޓޯ: ދިސޮރު / ތުޅާދޫ އޮންލައިން

ޕޮޒިޓިވްވިކަމަށް އާންމު ކޮށްފައިވާ ރެންޑަމް ސާމްޕަލްއަކީ ކޮންޓެކްޓް ޓްރޭސިންގްގެ ގޮތުގައި ނަގާފައިވާ ސާމްޕަލެއް – ސިއްޙީމަރުކަޒު

ޕޮޒިޓިވްވިކަމަށް އާންމު ކޮށްފައިވާ ރެންޑަމް ސާމްޕަލްއަކީ ކޮންޓެކްޓް ޓްރޭސިންގްގެ ގޮތުގައި ނަގާފައިވާ ސާމްޕަލެއް – ސިއްޙީމަރުކަޒު

Share on twitter
Share on telegram

ތުޅާދޫން ނަގާފައިވާ ރެންޑަމް ސާމްޕަލެއް ޕޮޒިޓިވްވިކަމަށް ރޭ އާންމު ކޮށްފައިވާ، ސާމްޕަލަކީ ކޮންޓެކްޓް ޓްރޭސިންގްގެ ގޮތުގައި ނަގާފައިވާ ސާމްޕަލެއް ކަމަށް ތުޅާދޫ ސިއްޙީމަރުކަޒުން ހާމަކޮށްފިއެވެ.

ރޭ އާންމުކުރި ތަފާސް ހިސާބް ރިވައިސްކޮށް މިރޭ ވަނީ އާންމު ކޮށްފައެވެ. ރިވައިސްކޮށް މިރޭ އާންމުކޮށްފައިވާ ތަފާސް ހިސާބާއި ރޭ އާންމު ކޮށްފައިވާ ތަފާސް ހިސާބަށް ބަލާލާއިރު، ރިވައިސް ކޮށްފައިވާ ތަފާސް ހިސާބުގައި ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަ ކުރެވެއެވެ.

އެގޮތުން މިމަހުގެ 23 ވަނަ ދުވަހުގެ ރޭ އާންމު ކޮށްފައިވާ ތަފާސް ހިސާބުގައި ވަނީ ޖުމްލަ ތުޅާދޫން ނަގާފައި ވަނީ 550 ސާމްޕަލް ކަމަށާއި ނަތީޖާ ނުލިބި 55 ސާމްޕަލް ވާކަމަށެވެ. މީގެ އިތުރުން 23 ވަނަ ދުވަހު ޖުމްލަ 52 ސާމްޕަލް ނަގާފައިވާ ކަމަށާއި އޭގެ ތެރޭގައި ފުލޫ ކްލިނިކުން ނަގާފައިވާ 5 ސާމްޕަލް ހިމެނޭ ކަމަށެވެ.

ނަމަވެސް ރިވައިސްކޮށް މިރޭ އާންމު ކޮށްފައިވާ 23 ވަނަ ދުވަހުގެ ރޭގެ ތަފާސް ހިސާބް ތަކުގައި ވަނީ ޖުމްލަ ތުޅާދޫން ނަގާފައި ވަނީ 546 ސާމްޕަލް ކަމަށެވެ. އަދި 23 ވަނަ ދުވަހު ނަގާފައި ވަނީ 48 ސާމްޕަލް ކަމަށާއި ފުލޫ ކުލިނިކުން އެ ދުވަހު ނަގާފައި ވަނީ އެންމެ ސާމްޕަލެއް ކަމަށެވެ.

ރެންޑަމް ސާމްޕަލް ނަގަން ފަށާކަން ރައްޔިތުންނަށް އެންގުމަށްޓަކައި ތުޅާދޫ ސިއްޙީމަރުކަޒުން ކުރި އިޢުލާންގައި ވަނީ، ބ.ތުޅާދޫން ކޮވިޑް-19 އަށް ފައްސިވެފައިވާ ފަރާތްތަކެއް ފެނިފައިވާތީ ރަށުގެ ޙާލަތު ދެނެގަތުމަށްޓަކައި ވަކިތަރުތީބެއް ނެތި (ރެންޑަމް) ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ވަކިތަރުތީބެއް ނެތި ސާމްޕަލް ނަގާނެކަމަށް ބުނި ނަމަވެސް އެ އިޢުލާންގައި އިތުރަށް ބަޔާން ކޮށްފައިވަނީ ސާމްޕަލް ދެއްވުމަށް ބޭނުންވާ  ފަރާތްތަކުން ވަކި ނަންބަރަކަށް ގުޅައި ނަންނޯޓް ކުރުމަށް އެ މަރުކަޒުން އެދޭ ކަމަށެވެ.

މިފަދަ އިޢުލާނެއް ކުރި ނަމަވެސް ނަން ނޯޓް ކޮށްފައިވާ ފަރާތްތަކު ތެރެއިން ހާލަތަށް ބަލައި ވަކި ބައެއްގެ ސާމްޕަލްތައް ނެގުމަށް ނިންމާ ވަކި ލިސްޓެއް ހަދާ އެ ލިސްޓްގައިވާ ތަރުތީބުން ސާމްޕަލް ނެގުމުގެ މަސައްކަތް ތުޅާދޫ ސިއްޙީމަރުކަޒުން ވަނީ ކޮށްފައެވެ.

ތުޅާދޫން ރެންޑަމް ސާމްޕަލް ނަގާނެކަން އިޢުލާންކޮށް ފެށި މަސައްކަތުގެ ތެރެއިންވެސް ރެންޑަމް ސާމްޕަލްގެ ގޮތުގައި ޑައިރެކްޓް ކޮންޓެކްޓްވެގެން ގޭތަކުގައި ބައިތިއްބާފައިވާ ފަރާތްތަކުގެ ސާމްޕަލްތައްވެސް ވަނީ ނަގާފައެވެ. އަދި މީގެ އިތުރުން ރެންޑަމް ސާމްޕަލުގެ ގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ފަރާތްތައް ދިރިއުޅޭ ގޭގެއިންވެސް ސާމްޕަލް ވަނީ ނަގާފައެވެ.

ތުޅާދޫއަށް ދިމާވެފައިވާ ބަލިމަޑުކަމުގެ ޙާލަތު ދެނެގަތުމަށް އަދި މިހާތަނަށް ތުޅާދޫ ސިއްޙީމަރުކަޒުން ރަށުތެރެއަށް ނުކުމެ ވަކި ތަރުތީބެއް ނެތި ސާމްޕަލް ނަގައި ތުޅާދޫގެ ޙާލަތު ދެނެގަތުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.