ތުޅާދޫގައި ކުރިއަށްދާ ތުޅާ ފުޓްސަލް މުބާރާތުގެ އަންހެން ޑިވިޜަންގެ ފުރަތަމަ މެޗު ބޮޑު ތަފާތަކުން އެމިޓީން ކާމިޔާބުކޮށްފިއެވެ.
އިއްޔެ ހަވީރު ކުޅުނު މެޗު އެމިޓީން ކާމިޔާބުކުރީ ނޮރިންމަ އާ ވާދަކޮށް 16-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މިމެޗުގައި އެމިޓީގެ ޔުސްރާ ޔޫސުފް ހަތް ލަނޑު ޖެހިއިރު އަޒްލިފާ ދާޢޫދު ވަނީ ފަސް ލަނޑު ޖަހާފައެވެ. ދެން ލަނޑު ޖަހައިދީފައިވަނީ ދެ ލަނޑު ޖެހި އުމްރާ އަބޫބަކުރުގެ އިތުރުން ޚަތުމާ ޔޫސުފް އާއި ރީޝާ މުޙައްމަދުއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޔުސްރާއެވެ.

އަންހެން ޑިވިޜަންގައި މިރޭ މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ދެކުނު ކަންމައްޗާއި އެމިޓީއެވެ. މިމެޗު ފަށާނީ މިރޭ 20:30 ގައެވެ.



