ތުޅާ ފުޓްސަލް މުބާރާތުގައި ވާދަކުރާ އެމިޓީ ޓީމް --

ތުޅާ ފުޓްސަލް މުބާރާތް: އަންހެން ޑިވިޜަންގެ ފުރަތަމަ މެޗު ބޮޑު ތަފާތަކުން އެމިޓީން ކާމިޔާބުކޮށްފި

ތުޅާ ފުޓްސަލް މުބާރާތް: އަންހެން ޑިވިޜަންގެ ފުރަތަމަ މެޗު ބޮޑު ތަފާތަކުން އެމިޓީން ކާމިޔާބުކޮށްފި

Share on twitter
Share on telegram

ތުޅާދޫގައި ކުރިއަށްދާ ތުޅާ ފުޓްސަލް މުބާރާތުގެ އަންހެން ޑިވިޜަންގެ ފުރަތަމަ މެޗު ބޮޑު ތަފާތަކުން އެމިޓީން ކާމިޔާބުކޮށްފިއެވެ.

އިއްޔެ ހަވީރު ކުޅުނު މެޗު އެމިޓީން ކާމިޔާބުކުރީ ނޮރިންމަ އާ ވާދަކޮށް 16-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މިމެޗުގައި އެމިޓީގެ ޔުސްރާ ޔޫސުފް ހަތް ލަނޑު ޖެހިއިރު އަޒްލިފާ ދާޢޫދު ވަނީ ފަސް ލަނޑު ޖަހާފައެވެ. ދެން ލަނޑު ޖަހައިދީފައިވަނީ ދެ ލަނޑު ޖެހި އުމްރާ އަބޫބަކުރުގެ އިތުރުން ޚަތުމާ ޔޫސުފް އާއި ރީޝާ މުޙައްމަދުއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޔުސްރާއެވެ.

ތުޅާ ފުޓްސަލް މުބާރާތުގައި ވާދަކުރާ ނޮރިންމަ —

އަންހެން ޑިވިޜަންގައި މިރޭ މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ދެކުނު ކަންމައްޗާއި އެމިޓީއެވެ. މިމެޗު ފަށާނީ މިރޭ 20:30 ގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.