ޕްރޮފެޝަނަލް ހަތީބު ޕްރޮގުރާމް ކައުންސިލަރ އާދިލް ފުރިހަމަކޮށްފި

ޕްރޮފެޝަނަލް ހަތީބު ޕްރޮގުރާމް ކައުންސިލަރ އާދިލް ފުރިހަމަކޮށްފި

Share on twitter
Share on telegram

ޕްރޮފެޝަނަލް ހަތީބު ޕްރޮގުރާމް ތުޅާދޫ ކައުންސިލަރ އާދިލް ފުރިހަމަކޮށްފިއެވެ.

ކައުންސިލަރުންނަށް އަމާޒުކޮށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔަ ޕްރޮފެޝަނަލް ހަތީބް ޕްރޮގުރާމު ފުރިހަމަކުރި 36 ކައުންސިލަރުންނަށް ހުތުބާ ކިޔުމުގެ ހުއްދައާއި ކަށުކަމާކެމީގެ ކަންކަން ކުރުމުގެ ހުއްދަ ދެއްވައިފިއެވެ.

މިކަމަށްޓަކައި ރޭ ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި ކައުންސިލަރުންނަށް ހުއްދަ އެރުއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

މި ޕްރޮގުރާމު ފުރިހަމަކޮށް 36 ކައުންސިލަރުން ވަނީ ހުއްދަ ލިބިގެންފައެވެ. މި ޕްރޮގުރާމަކީ ބައެއް ރަށްރަށުގައި ހުތުބާ ކިޔާ މީހުން ލިބުމުގައި އޮތް ދަތިކަން ފިލުވުމަށް ކައުސިލަރުންގެ ތެރެއިން ގާބިލުކަން ހުރި ފަރާތްތަކަށް ހުތުބާ ކިއުމުގެ ހުއްދަ ދިނުމަށް ފުރަތަމަ ފަހަރަަށް ކުރިއަށް ގެންދިޔަ ޕްރޮގުރާމެއްކަން ފާހަގަކޮށްލެވެއެވެ.

މި ޕްރޮގުރާމަށްފަހު އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ ޕްރޮގުރާމުގެ ބައިވެރިންނަށް މަރުހަބާ ދަންނަވާފައެވެ. ވަޒީރު ވިދާޅުވީ، އިދާރީ ގޮތުން ރަށުގެ ކަންކަން ހިންގުމާއެކު، އިމާމުވެ ހުކުރު ކުރުން ފަދަ ދީނީ ކަންކަންކަން ވެސް އިސްވެ ކުރުމުގެ ޤާބިލުކަން ހުރި ލީޑަރުން ރަށުގެ ވެރިންނަށް ތިބުމަކީ އިސްލާމީ މުޖުތަމަޢެއްގައި ބޭނުންތެރިކަމެއްކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.