ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ރައީސްކަމުގެ މަގާމަށް އެކޮމިޝަނުގެ މެންބަރު، ދަފްތަރު. ނަންބަރު ރސ 1188 އަލްއުސްތާޒު ޝުއައިބު އަބްދުއްރަހްމާނު، މިއަދު އައްޔަންކުރައްވައިފިއެވެ.

މިއީ، އަލްއުސްތާޒު ޝުއައިބު އަބްދުއްރަހްމާނު، މި ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަންކުރެއްވި ދެވަނަ ދައުރެވެ. ޝުއައިބު އަބްދުއްރަހްމާނު، މިކޮމިޝަނުގެ ރައީސްކަމަށް އައްޔަންކުރައްވާފައިވަނީ ކުރިން މިކޮމިޝަނުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ބޭފުޅާގެ ދައުރު ހަމަވުމާގުޅިގެންނެވެ.

ގާނޫނު ނަންބަރު 27/2015، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ގާނޫނުގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ރައީސްކަމުގެ މަގާމަށް، ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު އައްޔަން ކުރެއްވީ، އެ ގާނުނުގެ 12ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން، އެމަނިކުފާނަށް ލިބިދޭ ބާރުގެދަށުންނެވެ.