ރޯޔަލް އޮސްޓްރޭލިއަން ނޭވީ ޗެޕްލައިން މޮގަމަތު މަޖްދީ އީސާގެ ހާއްސަ ސެޝަނެއް މިއަދު އިމާމުންނަށް ކުރިއަށް ގެންގޮސްފިއެވެ.
މި ސެޝަނުގައި ގިނަ އަދަދެއްގެ އިމާމުން ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ. މިއީ އިމާމުން ތާޒާކޮށް އިމާމުންނަށް ތަމްރީންގެ އިތުރު ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދެވުނު މުހިއްމު ސެޝަނެއްކަން ފާހަގަކޮށްލެވެއެވެ.
އޮސްޓްރޭލިއަން ނޭވީ އިމާމު ޗެޕްލައިން މޮގަމަތު މަޖްދީ އީސާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުކުރު ދުވަހު ހުޅުމާލެ ރަޝީދު މިސްކިތުގައި ހުކުރު ކުރައްވާފައިވެއެވެ.
އިމާމު ޗެޕްލައިން މޮގަމަތު މަޖްދީ އީސާއަކީ މަދީނާގެ އިސްލާމިކް ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.



