ރާއްޖޭގެ ރައްޔިތުން މަޖިލީހުގެ އިދާރާ. ފޮޓޯ: މަޖިލިސް

މީޑިޔާތައް ޒިންމާދާރު ކުރުވާ ބިލު ފާސްކޮށްފި

މީޑިޔާތައް ޒިންމާދާރު ކުރުވާ ބިލު ފާސްކޮށްފި

Share on twitter
Share on telegram

ރަޖިސްޓްރީކޮށްގެން ހިންގާ މީޑިޔާތައް ޒިންމާދާރު ކުރުވާ ބިލު މަޖިލީހުގެ ތަނަވަސް އަގްލަބިއްޔަތަކުން ދާދި ދެންމެ ފާސްކޮށްފިއެވެ.

ބިލު ފާސް ކުރުމަށް 60 މެމްބަރުން ވޯޓު ދެއްވިއެވެ. ދެކޮޅަށް ވޯޓް ދެއްވީ ނ.ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސްއެވެ. އިދިކޮޅު އެމްޑީޕީގެ އެއްވެސް މެމްބަރަކު ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.

މީޑިޔާ ޒިންމާދާރު ކުރާ ބިލު ފާސްކުރުމަށް މަޖިލީހުގެ ކައުންސެލާ ޖެނެރަލްވެސް މިއަދު ލަފާ ދެއްވާފައިވާއިރު، މި ބިލާ ދެކޮޅަށް ބައެއް ނޫސްވެރިން އިހްތިޖާޖު ކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރަޖިސްޓްރީކޮށްގެން ހިންގާ މީޑިޔާތަކުން އެއްވެސް ހެއްކެތް ނެތި މީހުންގެ އަނބުރު ނަގާލުމަށް ގަސްދުގައި “ފޭކް” ޚަބަރުތައް ގެނެސްދިނުން އާންމުކަމަކަށް ހަދާފައިވާތީވެ، މީޑިޔާތައް ޒިންމާދާރު ކުރެވޭނެ ޤާނޫނެއްގެ މުހިއްމުކަން އޮތުން މުހިއްމު ކަމުގައި މިބިލަށް ތާއީދު ކުރައްވާ ފަރާތްތަކުން ދެކެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.