ފޮޓޯ: ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ޗެރިޓީ ޝީލްޑް މާޒިޔާއަށް

ޗެރިޓީ ޝީލްޑް މާޒިޔާއަށް

Share on twitter
Share on telegram

ރޭގައި ކުޅުނު މެޗުގައި 2-0 އިން އީގަލްސް މައްޗަށް ކުރި ހޯދާ, މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފިއެވެ.

މާލެ ގަލޮޑު ދަނޑުގައި ރޭ 21:00 ގައި ކުޅުނު މި މެޗުގައި މާޒިޔާގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފުގެ ފަހު ވަގުތުއެވެ. މި ލަނޑަކީ މާޒިޔާގެ އަހްމަދް އައިހަމް އޭރިއާ ބޭރުން ފޮނުވާލި ބޯޅަ އީގަލްސްގެ ޑިފެންޑަރެއް ގައިގައި ޖެހިގެން ޑިފްލެކްޓު ވުމަށްފަހު ވަދެގެންދިޔަ ލަނޑެކެވެ. މި ލަނޑާއެކު މާޒިޔާ ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި މާޒިޔާ ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. މި ލަނޑަކީ, މާޒިޔާގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރި އައިހަމް ނަގައިދިން ބޯޅައެއް އީގަލްސްގެ ގޯލްކީޕަރަށް ރަނގަޅަށް މަތަނުކުރެވުމުން ނާއިޒް ހަސަން ކާމިޔާބު ކުރި ލަނޑެކެވެ.

މާޒިޔާއިން ދެ ލަނޑު ޖެހުމުން ވެސް އީގަލްސްއަށް ވަނީ ރަނގަޅަށް މެޗުގެ ތެރެއަށް ވަދެ, މާޒިޔާގެ ގޯލަށް ނުރައްކާ ކުރެވޭ ގޮތް ނުވެފައެވެ. އެހެންކަމުން އީގަލްސްއަށް ޖެހުނީ ސީޒަނުގެ ފުރަތަމަ މެޗުން ބަލި ގަބޫލުކުރަން ޖެހިފައެވެ.

މި މެޗުން މޮޅުވުމާއެކު މާޒިޔާ މިހާރު މި ވަނީ ޖުމްލަ 7 ފަހަރު ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފައެވެ. މާޒިޔާއަކީ އެންމެ ގިނައިން މި ތަށި ކާމިޔާބު ކުރި ޓީމުކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.