އޭދަފުށީ ކަޕް ޗެމްޕިއަންކަން ހޯދި ވެލާ ސްޕޯޓްސްއަށް ރާއްޖޭގެ ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ތަށި ހަވާލު ކޮށްދެއްވަނީ. ފޮޓޯ:- ރައީސް އޮފީސް

އޭދަފުށީ ކަޕް ނިންމުމުގެ ރަސްމިއްޔާތު ނައިބް ރައީސް ޝަރަފްވެރި ކޮށްދެއްވައިފި

އޭދަފުށީ ކަޕް ނިންމުމުގެ ރަސްމިއްޔާތު ނައިބް ރައީސް ޝަރަފްވެރި ކޮށްދެއްވައިފި

Share on twitter
Share on telegram

އޭދަފުށީ ކަޕް ފުޓްބޯޅަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އިއްޔެ ހަވީރު ބައިވެރިވެވަޑައިގެންފިއެވެ.

މި ރަސްމިއްޔާތަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ދެންނެވީ އޭދަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ފާތިޙުއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އޭދަފުށީ ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ކުރިން، ދެ ޓީމުގެ ކުޅުންތެރިންނާ ސަލާމްކުރައްވައި ހިއްވަރުދެއްވައި، އިރުމަތި އެފް.ސީ. އާއި ވެލާ ސްޕޯރޓްސް ކްލަބް ބައްދަލުކުރި ވާދަވެރި މެޗު ބައްލަވާލައްވާފައެވެ. މި މެޗު ނިމިގެންދިޔައީ 2 – 1 ގެ ނަތީޖާއަކުން ވެލާ ސްޕޯރޓްސް ކްލަބު މެޗު ކާމިޔާބުކޮށް، މި މުބާރާތުގެ ޗެމްޕިއަންކަން ދިފާއުކޮށްގެންނެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މުބާރާތުގެ ޗެމްޕިއަން ޓީމަށް މެޑެއްޔާއި ޓްރޮފީ އަދި ފައިސާގެ އިނާމު ހަވާލުކޮށްދެއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.