ގަސް އިންދުމުގެ ޙަރަކާތް/ފޮޓޯ: އެޗްޑީސީ

ދިވެހިރާއްޖެ އާއި އިންޑިއާ ގުޅިގެން ގަސް އިންދުމުގެ ޙަރަކާތެއް ހިންގައިފި

ދިވެހިރާއްޖެ އާއި އިންޑިއާ ގުޅިގެން ގަސް އިންދުމުގެ ޙަރަކާތެއް ހިންގައިފި

Share on twitter
Share on telegram

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމްކުރިތާ 60 އަހަރު ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި 60 ގަސް އިންދުމުގެ ޙަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޙަރަކާތް ކުރިއަށް ގެންގޮސްފައިވަނީ، ޚާރިޖީ ވުޒާރާއާއި އިންޑިއާ ހައި ކޮމިޝަން، އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއިން ގުޅިގެންނެވެ.

މިއަދު ހަވީރު 17:00ގައި ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔަ މި ޙަރަކާތުގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އަދި އެޗްޑީސީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. ހަމަ އެހެންމެ، މި ޙަރަކާތުގައި ދިވެހިރާއްޖެއަށް އިންޑިޔާއިން ކަނޑައަޅާފައިވާ ސަފީރު ޖ. ބަލަސުބްރަމާނިއަމް އާއި ޑެޕިއުޓީ ހައި ކޮމިޝަނަރ  ކުމާރް ގޯރަވް އަދި ޚާރިޖީ ވުޒާރާގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

މި ޙަރަކާތަކީ، ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރެވުނުތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ޙަރަކާތަކަށް ވާއިރު، މި ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާގައި އެއްބާރުލުން އިތުރުކުރުމެވެ.

އެޗްޑީސީގެ އަމާޒަކީ، މިފަދަ ޙަރަކާތްތަކުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމުކޮށް، ހުޅުމާލެއަކީ ޤުދުރަތީ ރީތިކަން ލިބިފައިވާ ތަނަކަށް ހެދުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.