ކޮންޓެންޓް ކްރިއޭޓަރުންގެ ޚިޔާލު ހޯދުން/ފޮޓޯ: ވަޒީރު ސަޢީދު

ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްޞަ ލުއިލޯނު ދިނުމުގެ ސްކީމާ ގުޅޭގޮތުން އެފަރާތްތަކުގެ ޚިޔާލު ހޯދަނީ

ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްޞަ ލުއިލޯނު ދިނުމުގެ ސްކީމާ ގުޅޭގޮތުން އެފަރާތްތަކުގެ ޚިޔާލު ހޯދަނީ

Share on twitter
Share on telegram

ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްޞަ ލުއިލޯނު ދިނުމުގެ ސްކީމެއް ހުޅުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާ ގުޅިގެން އެފަރާތްތަކުގެ ޚިޔާލު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

މިކަމާއި ގުޅިގެން “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަކޮށްގެން ލުއިލޯނު ދިނުމުގެ ސްކީމެއް ހުޅުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާއި ގުޅިގެން، އެ ދާއިރާތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ޚިޔާލު ހޯދައި، އެ ޚިޔާލުތަކާއި ވީހާވެސް އެއްގޮތްވާގޮތުގެ މަތީން މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން، މީޑިއާ ކޮންޓެންޓް، އޯޑިއޯ، ވީޑިއޯ، އިމޭޖް ޕްރޮޑަކްޝަން، އެންޓަރޓެއިންމަންޓްގެ އިތުރަށް، ސޭލްސްއާއި މާކެޓިން ހިމެނޭހެން މި  ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކާއެކު މިއަދު ބައްދަލުވުންތަކެއް ބާއްވާފައިވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، މިއީ ރާއްޖޭގައި ތިބި އެފަދަ ފަންނުތަކުން ވިޔަފާރީގެ ފުރުޞަތު ހޯދައި ދިނުމުގެ މަޤްޞަދުގައި ކުރެވޭ މުހިންމު މަސައްކަތެއްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައިވާ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށްވާ، ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްޞަކޮށްގެން ލުއިލޯނު ދިނުމުގެ ސްކީމެއް ހުޅުވާލުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް ނިމުމަކާ ހަމަޔަށް އައިސްފައިވާ ކަމަށާއި، ލުއިލޯނު ސްކީމް ކުރިޔަށް އޮތް 2 ހަފްތާ ތެރޭގައި ހުޅުވާލުމަށް ކަމާ ގުޅުންހުރި ފަރާތްތަކަށް އަންގަވާފައިވާނެކަމަށް ރައީސް ވަނީ އިއްޔެ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.