ތުޅާ ފުޓްސަލް މުބާރާތުގެ ފިރިހެން ޑިވިޜަންގެ ސެމީ ފައިނަލުން އަލް ސްޓްރައިކަރ އާއި ބޮސް ފިޝަރ އާއި ދެކުނު ކަންމަތި އަދި އެފްސީ ބޮސްފިޝަރ ޖާގަހޯދައިފިއެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ސެމީ ފައިނަލުން އަލް ސްޓްރައިކަރ ޖާގަ ހޯދީ ގްރޫޕް އޭ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަލް ސްޓްރައިކަރ ވަނީ ގުރޫޕުގައި ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް 12 ޕޮއިންޓް ހޯދާފައެވެ. މި ގްރޫޕުން ދެވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދީ އެފްސީ ބޮޝްފިޝަރ އެވެ. އެޓީމު ވަނީ ގުރޫޕުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ކުޅުނު އެއް މެޗުން މޮޅު ދެ މެޗު އެއްވަރުވެ ލިބުނު 7 ޕޮއިންޓާއެކުއެވެ.
ދެކުނު ކަންމަތިން ސެމީގެ ޖާގަ ހޯދީ ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް 12 ޕޮއިންޓާއެކު ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގައެވެ. މި ގްރޫޕުން ދެވަނަ ޓީމުގެ ގޮތުގައި ސެމީ ޖާގަ ހޯދި ބޮސްފިޝަރ ވަނީ ކުޅުނު ހަތަރު މެޗުން ތިން މެޗުން މޮޅުވެ ލިބުނު 9 ޕޮއިންޓާއެކުއެވެ.
ސެމީ ފައިނަލް މެޗުތައް މިއަދު ހަވީރު ކުޅޭއިރު ފުރަތަމަ މެޗުގައި ވާދަކުރާނީ އަލް ސްޓްރައިކަރ އާއި ބޮސްފިޝަރ އެވެ. މިމެޗު 16:15 ގައި ފަށާއިރު ދެވަނަ މެޗު ފަށާނީ 17:15 ގައެވެ. މިމެޗުގައި ވާދަކުރާނީ ދެކުނު ކަންމައްޗާއި އެފްސީ ބޮސްފިޝަރއެވެ.



