ތުޅާ ފުޓްސަލް މުބާރާތުގެ ތެރެއިން --

ޓީއެފްޓީ 2024: ރޭ ކުޅުނު މެޗުތަކުން އެމިޓީ އާއި ބޮސްފިޝަރ މޮޅުވެއްޖެ

ޓީއެފްޓީ 2024: ރޭ ކުޅުނު މެޗުތަކުން އެމިޓީ އާއި ބޮސްފިޝަރ މޮޅުވެއްޖެ

Share on twitter
Share on telegram

ތުޅާ ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު މެޗުތަކުން އެމިޓީ އާއި ބޮސް ފިޝަރ މޮޅުވެއްޖެއެވެ.

އަންހެން ޑިވިޜަންގައި އެމިޓީން ކުޅުނު މެޗު އެޓީމު ކާމިޔާބުކުރީ ނޮޮރިންމައާ ވާދަކޮށް 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިމެޗުގައި އެމިޓީގެ އަޒްލިފާ ދާޢޫދު ހަތަރު ލަނޑު ޖެހިއިރު، އުމްރާ އަބޫބަކުރު ވަނީ ތިން ލަނޑު ޖަހާފައެވެ. ދެން ލަނޑު ޖަހައިދީފައިވަނީ ދެ ލަނޑު ޖެހި ޔުސްރާ ޔޫސުފްއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެމިޓީގެ އަޒްލިފާ ދާޢޫދުއެވެ.

ބޮސްފިިޝަރ އިން އެޓީމު ކުޅުނު މެޗު ކާމިޔާބުކޮށްފައިވަނީ ރޭ ކުލަބް ތޮޅިހެލޭއާ ވާދަކޮށް 3-1 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ބޮސްފިޝަރ އަށް ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށްވެސް ހޮވުނު އިބްރާހިމް ރަފާޙްގެ އިތުރުން ޒިމާން ޢަބްދުލް ރަހީމް އާއި އީމާން އިލްޔާސްއެވެ. މިމެޗުގައި ކުލަބް ތޮޅިހެލޭގެ ހަމައެކަނި ލަނޑު ޖަހައިދިނީ ހައިސަމް މުޙައްމަދު ހަމީދުއެވެ.

ތުޅާ ފުޓްސަލް މުބާރާތުގައި މިއަދު ހަވީރު ކުޅޭ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު 16:15 ގައި ފަށާއިރު މިމެޗުގައި ވާދަކުރާނީ އަންހެން ޑިވިޜަންގެ ދެ ޓީމުކަމަށްވާ ދެކުނު ކަންމައްޗާއި އެމިޓީއެވެ. އަދި 17:15 ގައި ކުޅޭ މެޗުގައި ވާދަކުރަނީ ފިރިހެން ޑިވިޜަންގެ ދެ ޓީމުކަމަށްވާ ޓާގެޓް ފުޓްބޯޅަ ޓީމާއި އެފްސީ ބިއްލޫރިއެވެ.

މިރޭ ކުޅޭ ދެ މެޗުގެ ތެރެއިިން ފުރަތަމަ މެޗުގައި ނޮރިންމަ އާއި ބޮސް ފިޝަރ ވާދަކުރާއިރު މިމެޗު ފަށާނީ މިރޭ 20:30 ގައެވެ. އަދި ދެވަނަ މެޗު 21:30 ގައި ފަށާ މެޗުގައި ވާދަކުރާނީ އަލް ސްޓްރައިކަރ އާއި އެފްސީ ބޮސް ފިޝަރއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.