ތުޅާ ފުޓްސަލް މުބާރާތުގައި އެފްސީ ބޮސްް ފިޝަރ އާއި ސަކްސަސް ޔުނައިޓެޑް ވާދަކުރިމެޗު އެއްވަރުއިރު، ދެކުނު ކަންމަތިން ނޮރިންމަ ކޮޅަށް 30 ލަނޑު ޖަހައިފިއެވެ.
މިއަދު ހަވީރު އެފްސީ ބޮސް ފިޝަރ އާއި ސަކްސަސް ޔުނައިޓެޑް ވާދަކުރި މެޗު އެއްވަރުވެފައިވަނީ 5-5 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި އެފްސީ ބޮސްފިޝަރގެ ހައްޔާން ހަސަން ޙުސައިން އާއި އަޙްމަދު މިންހާލް ޢަބްދުލް މުހައިމިން މިއިން ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖެހިއިރު ދެން ލަނޑު ޖަހައިދިނީ އިޒްމަން އަހްމަދު ސިނާންއެވެ. ސަކްސަސް ޔުނައިޓެޑުން ޖެހި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު އިބްރާހިމް އާރިފް ހެޓްރިކް ހެދިއިރު، ދެން ލަނޑުތައް ޖަހައިދިނީ ޙަސަން ރަޝީދު އާއި އަހްމަދު ތަހްލީމްއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސަކްސަސް ޔުނައިޓެޑްގެ އިބްރާހިމް އާރިފްއެވެ.
މިއަދު ދެކުނު ކަންމައްޗާއި ނޮރިންމަ ވާދަކުރި މެޗު ދެކުނު ކަންމަތިން ކާމިޔާބުކުރީ 30-1 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިމެޗުގައި ޢަބްދުﷲ ތަހުސީން ވަނީ 16 ލަނޑު ޖަހާފައެވެ. އަދި ޙަސަން ނާއިލް ދާޢޫދު ފަސް ލަނޑު ޖެހިއިރު، އުމެއިރު ޝަފީގު އާއި އާދިލް ޢަބްދުލް ރަޙްމާން މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ. ދެން ލަނޑުތައް ޖަހައިދިނީ ދެ ލަނޑު ޖެހި އިރުފާން ޙުސައިންގެ އިތުރުން ސާއިފް ދާޢޫދުއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މިމެޗުގައި 16 ލަނޑު ޖެހި ތަހުސީންއެވެ.



