ތުޅާ ފުޓްސަލް މުބާރާތުގައި ވާދަކުރާ އަލް ސްޓްރައިކާ: އެޓީމު ވަނީ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައި --

ތުޅާ ފުޓްސަލް މުބާރާތް ފިރިހެން ޑިވިޜަން: އެފްސީ ބިއްލޫރި، ދެކުނު ކަންމަތި އަދި އަލް ސްޓްރައިކަރ މުބާރާތް ފެށީ މޮޅަކުން

ތުޅާ ފުޓްސަލް މުބާރާތް ފިރިހެން ޑިވިޜަން: އެފްސީ ބިއްލޫރި، ދެކުނު ކަންމަތި އަދި އަލް ސްޓްރައިކަރ މުބާރާތް ފެށީ މޮޅަކުން

Share on twitter
Share on telegram

ތުޅާ ފުޓްސަލް މުބާރާތުގެ ފިރިހެން ޑިވިޜަންގައި ކުޅުނު މެޗުތަކުން އެފްސީ ބިއްލޫރި އާއި ދެކުނު ކަންމަތި އަދި އަލް ސްޓްރައިކަރ މޮޅުވެއްޖެއެވެ.

އެފްސީ ބިއްލޫރި ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ އިއްޔެ ހަވީރު ސަކްސެސް ޔުނައިޓެޑްއާ ވާދަކޮށް 4-2 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި އެފްސީ ބިއްލޫރިއަށް ލަނޑުތައް ޖަހައިދީފައިވަނީ އިސްރާރު ޙުސައިން އާއި އަޙްމަދު ނިޒާމްގެ އިތުރުން އަޙްމަދު ޝާންއެވެ. ޝާން ވަނީ މެޗުގައި ދެ ލަނޑު ޖަހާފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާއަކީވެސް އެފްސީ ބިއްލޫރިގެ ޝާންއެވެ. ސަކްސަސް ޔުނައިޓެޑްގެ ދެ ލަނޑުވެސް ޖަހައިދިނ މުޙައްމަދު އަނީލްއެވެ.

ތުޅާ ފުޓްސަލް މުބާރާތުގައި ވާދަކުރާ އެފްސީ ބިއްލޫރި —

ފިރިހެން ޑިވިޜަންގައި ރޭ ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ ކުޅުނު މެޗު ދެކުނު ކަންމަތިން ކާމިޔާބުކުރީ ކުލަބް ތޮޅިހެލޭއާ ވާދަކޮށް 5-0 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ދެކުނު ކަންމަތިން ޖެހި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހައި ޢަބްދުﷲ ތަހުސީން ހެޓްރިކް ހެދިއިރު ދެން ލަނޑު ޖަހައިދިނީ އީވާން އިބްރާހިމް ޒުބައިރުއެވެ. އޭނާ ވަނީ ދެ ލަނޑު ޖަހާފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ދެކުނު ކަންމަތީގެ ޢަބްދުﷲ ތަހުސީންއެވެ.

ތުޅާ ފުޓްސަލް މުބާރާތުގައި ވާދަކުރާ ސަކްސަސް ޔުނައިޓެޑް —

ރޭ ކުޅުނު ދެވަނަ މެޗުގައި ޓާގެޓް ފުޓްބޯޅަ ޓީމާއި އަލް ސްޓްރައިކަރ ވާދަކުރިއިރު، މިމެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އަލް ސްޓްރައިކާއެވެ. މިމެޗުގައި އަލް ސްޓްރައިކާއަށް ލަނޑުތައް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިފްހާމް ރަޝާދުގެ އިތުރުން މުޙައްްމަދު ހަސަން އާއި ޢަބްދުﷲ އަފާފްއެވެ.

ތުޅާ ފުޓްސަލް މުބާރާތުގައި ވާދަކުރާ ޓާރގެޓް ފްޓްބޯޅަ ޓީމް —

މި މުބާރާތުގެ ފިރިހެން ޑިވިޜަންގައި މިއަދު ހަވީރާއި މިރޭވެސް މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަދު ހަވީރު ކުޅޭ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި އެފްސީ ބޮސް ފިޝަރ އާއި އެފްސީ ބިއްލޫރި ވާދަކުރާއިރު މިމެޗު ފަށާނީ މިއަދު ހަވީރު 16:15 ގައެވެ. ދެވަނަ މެޗު 17:15 ގައި ފަށާއިރު މިމެޗުގައި ވާދަކުރާނީ ޒެފާރސް ސްޕޯޓްސް ކުލަބާއި ނޮރިންމައެވެ. އަދި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ބޮސް ފިޝަރ އާއި ދެކުނު ކަންމަތިއެވެ. މިމެޗު ފަށާނީ މިރޭ 21:30 ގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.