ތުޅާދޫ ސްކޫލް

ސްކޫލުތަކުގެ ހަރަކާތްތައް ހުކުރު ދުވަހު ނުބާއްވަން އަންގައިފި

ސްކޫލުތަކުގެ ހަރަކާތްތައް ހުކުރު ދުވަހު ނުބާއްވަން އަންގައިފި

Share on twitter
Share on telegram

ދިރާސީ އަހަރުގެ އެއްވެސް ޓާމެއްގެ ޗުއްޓީގައި އާއި ހުކުރު ދުވަހު ޓީޗަރުން ވަޒީފާ އަށް ނުނެރުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް މިއަދު ފޮނުވި މެމޯއެއްގައި ބުނީ އެއްވެސް ޓާމެއްގެ ޗުއްޓީގައި އާއި ހުކުރު ދުވަހު މުދައްރިސުން މަސައްކަތްކުރަން ނުނެރުމާއި އެ ދުވަސްތަކުގައި ސްކޫލް އެއްވެސް ހަރަކާތެއް ނުބޭއްވުމަށް އަންގާ ކަމަށެވެ.

ނަމަވެސް ހާއްސަ ހާލަތެއްގައި ހުކުރު ދުވަހު ހަރަކާތެއް ބާއްވަން ޖެހިއްޖެ ނަމަ، މުދައްރިސުން އެ ހަރަކާތަކަށް ނެރެންވާނީ މިނިސްޓްރީގެ ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޝަނުން އެކަމަށް ލިޔުމުން ހުއްދަ ހޯދުމަށް ފަހު ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.

5 މިލިޔަން ގަސްއިންދުމުގެ ކުރިއަށްގެންދެވުނު ޕްރޮގުރާމުގެ ތެރެއިން

ޓީޗަރުންގެ ދުޅަހެޔޮކަމަށް ސަރުކާރުގެ މިވަގުތު މުހިންމު އިސްކަމެއް ދޭކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ މީގެ ކުރިން ވެސް ހަމަ މި އެންގުން ސްކޫލުތަކަށް އަންގައިފަ އެވެ. ނަމަވެސް އެފަހަރު ސްކޫލުތަކުން އެ އެންގުމާ އެއްގޮތަށް އަމަލުކޮށްފައިނުވެ އެވެ.

ޓީޗަރުންނާއި ޕްރިންސިޕަލުންގެ “ވޯކްލޯޑް” ކުޑަކުރުމަށް މަސައްކަތް ތަކެއް ކުރައްވާނެ ކަމަށް މީގެ ކުރިން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވެސް ވަނީ ވިދާޅުވެފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.