ބ. ތުޅާދޫ ޓީމް - ފޮޓޯ: ތުޅާދޫ ޔޫތު މޫވްމަންޓް

ތުޅާދޫއާއި އޭދަފުށި ވާދަކުރާ މެޗު މިރޭ 9 ޖަހާއިރު

ތުޅާދޫއާއި އޭދަފުށި ވާދަކުރާ މެޗު މިރޭ 9 ޖަހާއިރު

Share on twitter
Share on telegram

ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި ތުޅާދޫއާއި އޭދަފުށި މިރޭ ވާދަކުރާނެ އެވެ.

މިރޭގެ މެޗަށް ނުކުންނައިރު ތުޅާދޫ އާއި އޭދަފުށި ޓީމް ވަނީ އަތޮޅު ފައިނަލަށް ހޮވިފަ އެވެ. ބ. އަތޮޅުން މުބާރާތުގައި ދެން ވާދަކުރީ ކެންދޫ އެވެ. ތުޅާދޫ އާއި އޭދަފުށި އަތުން ބަލިވެ ކެންދޫ ވަނީ މުބާރާތުން ކަޓައިފަ އެވެ.

ފުރަތަމަ މެޗުގައި އޭދަފުށިން ކެންދޫ ބަލިކުރީ 0-5 އިންނެވެ. ދެ ވަނަ މެޗުގައި ތުޅާދޫއާ ވާދަކޮށް ކެންދޫ ބަލިވީ 2-6 އިންނެވެ.

އިބްރާޙީމް ރަފާހް، ޖނ: 5 – ފޮޓޯ: ގޯލްޑަން ފްޓަސަލް އެސޯސިއޭޝަން

ތުޅާދޫ އާއި ކެންދޫ ވާދަކުރި މެޗްގެ މޭން އޮފް ދަ މެޗް އަކަށް ހޮވިފައި ވަނީ ތުޅާދޫ ޓީމްގެ ޖާޒީ ނަންބަރު 5 އިބްރާޙީމް ރަފާހް އެވެ.

މިރޭގެ މެޗަށް ނުކުންނައިރު ފައިދާ ގޯލުގެ ތަފާތުން ކުރީގައި އޮތީ އޭދަފުއްޓެވެ. މިރޭގެ މެޗުގެ ނަތީޖާއިން އެނގޭނީ ގްރޫޕުގެ އެއް ވަނަ އާއި ދެ ވަނަ އެވެ. އެއްވަރުވެއްޖެ ނަމަ އެއް ވަނަ ލިބޭނީ އޭދަފުއްޓަށެވެ.

ތުޅާދޫ އާއި އޭދަފުށި ވާދަކުރާ މެޗު ފަށާނީ މިރޭ 9 ޖަހާއިރު ހުޅުމާލެ ރެހެންދި ފުޓްސަލް ޓާފް ދަނޑުގަ އެވެ. ދެޓީމުގެ ފައިނަލް މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ 8 ޖަހާއިރު އެވެ. އަތޮޅު ޗެމްޕިއަންކަން ހޯދާ ޓީމު ޒޯން ބުރުގައި ކުޅޭނީ ކ އަދި ޅ އަތޮޅުގެ ރަށްތަކާ އެވެ. މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް އަތޮޅު ބުރުގައި އޭދަފުށިން ވަނީ ތުޅާދޫ ބަލިކޮށްފަ އެވެ. މިދިޔަ އަހަރު އަތޮޅު ފައިނަލުގައި އޭދަފުށި އަތުން ބަލިވި ފެހެންދޫ މިފަހަރުގެ މުބާރާތުގައި ވާދައެއް ނުކުރެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.