ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ބ.ތުޅާދޫއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު ތުޅާދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާގެ ވަގުތެއްގައެވެ.
ތުޅާދޫ ދާއިރާގެ ރަށްތަކަށް ރައީސް ނަޝީދު ކުރައްވާ މި ދަތުރުފުޅަކީ އަމިއްލަފުޅު ދަތުރެއްކަމަށްވެސް މަޢުލޫމާތު ލިބެއެވެ. މި ދަތުރުފުޅުގައި އިއްޔެއާއި ރޭ ރައީސް ނަޝީދު ހުންނެވީ ފުޅަދޫގައެވެ. މިއަދު ފެހެންދޫ އަށާއި ގޮއިދޫއަށް ދަތުރު ކުރުމަށް ހަމަޖެހިފައި ވާއިރު، މިރޭ މަޑުކުރުމަށް ހަމަޖެހިފައި ވަނީ ގޮއިދޫގައެވެ.

ރިޔާސީ ޕްރައިމަރީ 2023 ގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހުއާއި ވާދަކޮށް ތުޅާދޫއިން ރައީސް ނަޝީދު ވަނީ ބޮޑުތަނުން ކުރި ހޯއްދަވާފައެވެ.
ތުޅާދޫ ފާހަގަވެގެން ދަނީ ރައީސް ނަޝީދަށް ތާޢީދު ކުރާ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅެމުންދާ ރަށެއްގެ ގޮތުގައެވެ.



