ރައީސް ޞާލިހުގެ ކެމްޕޭނު ޖަލްސާގައި ހިސާން ވާހަކަދައްކަވަނީ - - -

ހުއްޓި މި ހުރެވެނީ ޔަގީނުން ވެސް ރަނގަޅު ފަޅީގައި: ހިސާން

ހުއްޓި މި ހުރެވެނީ ޔަގީނުން ވެސް ރަނގަޅު ފަޅީގައި: ހިސާން

Share on twitter
Share on telegram

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ފަހަތްޕުޅުގައި ހުންނެވުނަކީ ޔަގީނުން ވެސް ރަނގަޅު ފަޅީގައި ހުރެވުންކަމަށް މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު، އެމްޑީޕީ ދެފަޅިވެ އެ ޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އޭނާއަށް ތާއީދުކުރައްވާ ގިނަ މެމްބަރުންތަކެއް ވަނީ އެމްޑީޕީން ވަކިވެ “ދަ ޑިމޮކްރެޓްސް” ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާއި ހަމަޔަށް ހިސާނު ހުންނެވީ ރައީސް ނަޝީދުގެ ވަފާތެރިއެއްގެ ގޮތުގައެވެ. އެހެން ނަމަވެސް ޕްރައިމަރީއާއި ދިމާކޮށް ހިސާނުވަނީ ކޮޅު ބަދަލުކުރައްވާ ތާއީދުކުރައްވަނީ ރައީސް ޞާލިހަށްކަމަށް ވިދާޅުވެ އެމަނިކުފާނުގެ ފަޅިއަށް ޖެހިވަޑައިގެންފަ އެވެ.

މ އަތޮޅަށް ރައީސް ޞާލިހު ކުރައްވާ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނުގައި ވެސް ހިސާނު ބައިވެރިވެވަޑައިގެން ހަރަކާތްތެރިވާއިރު، މ ދިއްގަރުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ހިސާނު ވިދާޅުވީ އެކަމަނާއަށް އިޚްތިޔާރު ކުރެވުނީ ރަނގަޅު ފަޅިކަމަށް ޔަގީންކުރައްވާ ކަމަށެވެ.

އަދި ގައުމަށް ތަރައްގީއާއި ފާގަތިކަން ހޯދައިދެވޭނީ ވެސް މިހާރު ހުންނެވި ގޮތަށް ރައީސް ޞާލިހުގެ ފަޅީގައި ހުންނަވައިގެންކަން ވެސް ގަބޫލުކުރައްވާ ކަމަށް ހިސާން ވިދާޅުވި އެވެ.

“އަޅުގަނޑަށް ޔަގީންކޮށްދެނީ އަޅުގަނޑު ހުއްޓި މިހުރީ ރަނގަޅު ތަނުގައިކަން. އަޅުގަނޑު ހުއްޓި މިހުރީ ރަނގަޅު ފަޅީގައި ކަން. މީ ފަނާކުރަނިވި ނިންމުންތަކާއި ފިތުނަވެރި މަހައްލެއް ނޫންކަން. އަޅުގަނޑަށް ޔަގީންވެ ކަށަވަރު ވަނީ އަޅުގަނޑު މިހުރީ ދިވެހި ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސައިދޭނެ ތަނުގައި ކަން”

ތުޅާދޫ މެމްބަރު ހިސާން ހުސެއިން 

ހިސާނު ވިދާޅުވީ ރާއްޖެ އަކީ އުފާވެރި އަމާން ރާއްޖެއަކަށް ހެދޭނީ ރައީސް ޞާލިހުގެ ފަޅީގައި ހުންނަވައިގެން ކަމަށެވެ.

އަދި ދެވަނަ ދައުރަކަށް އެމަނިކުފާނު އިންތިޚާބު ކުރުމަށް ކުރެވޭ މަސައްކަތުގައި ރައްޔިތުން ބައިވެރިވުމަށް ވެސް ހިސާނު ވަނީ ގޮވާލައްވާފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.