ތުޅާދޫ ކައުންސިލް ފުޓްސަލް މުބާރާތުގައި ޓާގެޓް ފުޓްބޯޅަ ޓީމު އަތުން ބަލިވެ ޓީމް ދެފަށްލާ މުބާރާތުން ކަޓައިފިއެވެ.
މިއަދު ހަވީރު ތުޅާދޫ ފުޓްސަލް ދަނޑުގައި ކުޅުނު މެޗު ޓާގެޓް ފުޓްބޯޅަ ޓީމުން ކާމިޔާބުކުރީ 11-1 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ޓާގެޓަށް ލަނޑުތައް ޖަހައިދިނީ ފަސް ލަނޑު ޖެހި އީވާން އިބްރާހިމް ޒުބެއިރު އާއި ހަތަރު ލަނޑު ޖެހި އާދިލް ޢަބްދުލް ރަޙުމާންގެ އިތުރުން އުމެއިރު ޝަފީޤް އާއި އަހުުސަމް ޔޫސުފް އެވެ. ޓީމް ދެފަށްލާގެ ހަމައެކަނި ލަނޑު ޖަހައިދިނީ މޫސާ ރަޝީދު ޔޫސުފްއެވެ. ގިނަ ލަނޑުތަކެއް ފެނިގެންދިޔަ މިމެޗުގެ މޮޅު ކުޅުންތެރިިޔާގެ މަގާމަށް ހޮވުނީ ޓާގެޓްގެ އީވާންއެވެ.
މިމެޗުންް ބަލިވުމާއެކު ޓީމަށް ދެފަށްލާ ވަނީ މުބާރާތުގައި ކުޅުނު ދެމެޗުންވެސް ބަލިވެފައެވެ. އެގޮތުން އެޓީމު ފުރަތަމަ ކުޅުނު މެޗުގައި ބަލިވެފައިވަނީ އަލް ސްޓްރައިކާ އަތުންނެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޜަންގެ ސެމީ ފައިނަލުން އަލް ސްޓްރައިކާ އާއި ކުލަބް ތޮޅިހެލޭ ވަނީ ޖާގަ ކަށަވަރުކޮށްފައެވެ. ތިން ގުރޫޕް ހިމެނޭ ފިރިހެން ޑިވޜަން ކުރިއަށްދަނީ ކޮންމެ ގުރޫޕަކުންވެސް އެއްވަނަ ހޯދާ ޓީމު ސެމީއަށް ދާގޮތަށެވެ. އަދި ސެމީ ފައިނަލްގެ ހަތަރު ވަނަ ޖާގަ ލިބިގެންދާނީ ކޮންމެ ގުރޫޕަކުންވެސް ދެވަނައަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރެފައިވާ ޓީމަކަށެވެ.
މި މުބާރާތުގައި މިރޭ ކުޅޭ ދެމެޗުގެ ތެރެއިން 20:15 ގައި ކުޅޭ ފުރަތަމަ މެޗުގައި އަންހެން ޑިވިޜަންގެ ދެ ޓީމުކަމަށްވާ ދެކުނު ކަންމައްޗާއި ނޮރިންމަ ވާދަކުރާއިރު، ދެވަނަ މެޗުގައި 21:15 ގައި ވާދަކުރާނީ ފިރިހެން ޑިވިޜަންގެ ޓީމް މަލާފަތް އަދި ސަކްސަސް ސިޓީއެވެ.



