ސަކްސަސް ސިޓީ އާއި ކުލަބް ތޮޅިހެލޭ ވާދަކުރި މެޗުގެ ތެރެއިން --

ތުޅާދޫ ކައުންސިލް ފުޓްސަލް މުބާރާތް: ކުލަބު ތޮޅިހެލޭ ދެވަނަ މެޗުންވެސް ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެ

ތުޅާދޫ ކައުންސިލް ފުޓްސަލް މުބާރާތް: ކުލަބު ތޮޅިހެލޭ ދެވަނަ މެޗުންވެސް ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެ

Share on twitter
Share on telegram

ތުޅާދޫ ކައުންސިލް ފުޓްސަލް މުބާރާތުގައި ކުލަބް ތޮޅިހެލޭ އިން ކުޅުނު ދެވަނަ މެޗުވެސް ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްފިއެވެ.

ތޮޅިހެލޭ އިން ވަނީ ފުރަތަމަ މެޗުގައި 15-4 އިން ޓީމު މަލާފަތް އަތުން މޮޅުވެފައެވެ. މިރޭ ކުޅުނު މެޗު ތޮޅިހެލޭއިން ކާމިޔާބުކުރީ ސަކްސަސް ސިޓީ އާ ވާދަކޮށް 12-0 ގެ ނަތީޖާއަކުންނެވެ.

ސަކްސަސް ސިޓީ ކޮޅަށް ކުލަބް ތޮޅިހެލޭއިން ޖެހި 12 ލަނޑުގެ ތެރެއިިން މައިސާން މުޙައްމަދު ނަސީރު އާއި އިފްހާމް މުޙައްމަދު މިއިން ކޮންމެ ކުޅުންތެރިޔަކު ހަތަރު ލަނޑު ޖެހިއިރު، އިބްރާހިމް ރަފާހު ވަނީ ތިން ލަނޑު ޖަހާފައެވެ. ދެން ލަނޑުޖަހައިދިނީ ޙަސަން ނާއިލް ދާޢޫދުއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މައިސާން މުޙައްމަދު ނަސީރުއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު މައިސާން މުޙައްމަދު ނަސީރުއަށް ޓްރޮފީ ހަވާލުކޮށްދެނީ —

ތުޅާދޫ ކައުންސިލް ފުޓްސަލް މުބާރާތުގައި މާދަމާ ކުޅެން ހަމަޖެހިފައިވާ މެޗުތަކަށް ބަލާއިރު، މާދަމާ ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ އަހިވައް ކަންމައްޗާއި ޒެފާރސް އެސް.ސީއެވެ. މިމެޗު ފަށާނީ މާދަމާ 16:15 ގައެވެ. މާދާމާ 17:15 ގައި ކުޅޭ ދެވަނަ މެޗުގައި ވާދަކުރާނީ ޓީމް ދެފަށްލާ އާއި ޓެގެޓް ފުޓްބޯޅަ ޓީމެވެ. އަދި މާދަމާ ރޭ ކުޅޭ ދެމެޗުގެ ތެރެއިން 20:15 ގައި ކުޅޭ ފުރަތަމަ މެޗުގައި އަންހެން ޑިވިޜަންގެ ދެ ޓީމުކަމަށްވާ ދެކުނު ކަންމައްޗާއި ނޮރިންމަ ވާދަކުރާއިރު، ދެވަނަ މެޗުގައި 21:15 ގައި ވާދަކުރާނީ ފިރިހެން ޑިވިޜަންގެ ޓީމް މަލާފަތް އަދި ސަކްސަސް ސިޓީއެވެ.

ތުޅާދޫ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތް ޖުލައި 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ 12 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ އަންހެން ތިން ޓީމާއި ފިރިހެން ނުވަ ޓީމެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.