ތުޅާދޫގައި މިހާރު ކުރިއަށްދާ ކައުންސިލް ފުޓްސަލް މުބާރާތުގެ އަންހެން ޑިވިޜަންގައި އެމިޓީން ކުޅުނު ދެވަނަ މެޗުން ކާމިޔާބުކޮށް މުބުާރާތުގައި އެޓީމުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
މި މުބާރާތުގައި އެމިޓީން އިއްޔެ ކުޅުނު މެޗުގައި ދެކުނު ކަންމަތި ވާދަކޮށް ވަނީ 2-2 އިން އެއްވަރުވެފައެވެ. ތުޅާދޫ ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު މެޗު އެމިޓީން ކާމިޔާބުކުރީ ނޮރިންމައާ ވާދަކޮށް 9-0 ގެ ނަތީޖާއަކުންނެވެ. މިމެޗުގައިި އެމިޓީން ޖެހި ނުވަ ލަނޑުގެ ތެރެއިން ފަސް ލަނޑު ޖަހައިދީފައިވަނީ ރީއަތު ޒިޔާދުއެވެ. ދެން ލަނޑުތައް ޖަހައިދިނީ ދެ ލަނޑު ޖެހި ޔުސްރާ ޔޫސުފް ގެ އިތުރުން އުނައިސާ މޫސާ އާއި ޚަތުމާ ޔޫސުފްއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ރީއަތު ޒިޔާދުއެވެ.
ތުޅާދޫ ކައުންސިލް ފުޓްސަލް މުބާރާތުގެ އަންހެން ޑިވިޜަންގައި މާދަމާ ކުޅޭ މެޗުގައި ވާދަކުރާނީ ދެކުނު ކަންމައްޗާއި ނޮރިންމައެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 20:15 ގައެވެ.
މި މުބާރާތުގެ އަންހެން ޑިވިޜަންގައި ޖުމްލަ ތިން ޓީމު ބައިވެރިިވެފައިވާއިރު، ފައިނަލުން ޖާގަ ލިބިގެންދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށެވެ.



