އަލް ސްޓްރައިކާ އާއި ޓީމް ދެފައްލާ ވާދަކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަފާފަށް ޓްރޮފީ ހަވާލުކޮށްދެނީ --

ތުޅާދޫ ކައުންސިލް ފުޓްސަލް މުބާރާތް: އަލް ސްޓްރައިކާ އިން މުބާރާތް ފެށީ މޮޅަކުން

ތުޅާދޫ ކައުންސިލް ފުޓްސަލް މުބާރާތް: އަލް ސްޓްރައިކާ އިން މުބާރާތް ފެށީ މޮޅަކުން

Share on twitter
Share on telegram

ތުޅާދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ތުޅާދޫ ކައުންސިލް ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗުގައި ބޮޑު ތަފާތަކުން ޓީމް ދެފަށްލާ ބަލިކޮށް އަލް ސްޓްރައިކާ އިން މެޗު ކާމިޔާބުކޮށްފިއެވެ.

ތުޅާދޫ ކައުންސިލް ފުޓްސަލް މުބާރާތް މިއަދު ހަވީރު ފެށިއިރު، އަލް ސްޓްރައިކާ މެޗު ކާމިޔާބުކުރީ 12-0 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި އަލް ސްޓްރައިކާ އިން ޖެހި 12 ލަނޑުގެ ތެރެއިން 5 ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޢަބްދުﷲ އަފާފްއެވެ. ދެން ލަނޑުތައް ޖަހައިދިނީ އަޙްމަދު ތަސްނީމް އާއި މުޙައްމަދު ތަސްނީމް އާއި މުޙައްމަދު ޙަސަން އާއި އަނޫފް ޢަބްދުލް ރަހުމާންގެ އިތުރުން އިފްހާމް ރަޝާދުއެވެ. މި ކުޅުންތެރިންގެ ތެރެއިން މުޙައްމަދު ތަސްނީމް  އާއި މުޙައްމަދު ޙަސަން މިއިން ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖަހާފައިވެއެވެ.

މުބާރާތުގައި މިރޭ ދެ މެޗެއް ކުޅޭނެއެވެ. އެގޮތުން މިރޭ ކުޅޭ ފުރަތަމަ މެޗުގައި 20:15 އަންހެން ޑިވިޜަންގެ އެމިޓީ އާއި ދެކުނު ކަންމަތި ވާދަކުރާއިރު، މިރޭ 21:15 ގައި ކުޅޭ ދެވަނަ މެޗުގައި ވާދަކުރާނީ ކުލަބް ތޮޅިހެލޭ އާއި ޓީމް މަލާފަތެވެ.

ތުޅާދޫ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޜަން ހިިމެނޭގޮތަށް ޖުމްލަ 12 ޓީމަކުން ބައިވެރިވެއެވެ. މުބާރާތުގެ އަންހެން ޑިވިޜަންގައި ހިމެނެނީ އެއް ގުރޫޕެވެ. ފިރިހެން ޑިވިޜަންގެ ޓީމުތަައް ތިން ގުރޫޕަކަށް ބަހާލާފައިވާއިރު، ފިރިހެން ޑިވިޜަނުން ސެމީ ފައިިނަލަށް ދާނީ ކޮންމެ ގުރޫޕަކުންވެސް އެއްވަނަ ދާ ޓީމާއި ތިން ގުރޫޕު އެއްކޮށް ދެވަނައަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމެކެވެ. އަންހެން ޑިވިޜަންގެ ފައިނަލަށް ދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެވެ.

މުބާރާތުގެ ގުރޫޕުތަކަށް ބަލާއިރު، ފިރިހެން ޑިވިޜަންގެ ގުރޫޕު އޭގައި ހިމެނެނީ އަލް ސްޓްރައިކާ، ޓީމް ދެފަށްލާ އަދި ޓާގެޓް ފުޓްބޯޅަ ޓީމެވެ. ގުރޫޕް ބީގައި ކުލަބް ތޮޅިހެލޭ، ޓީމް މަލާފަތް އަދި ސަކްސަސް ސިޓީ ހިމެނޭއިރު، ގުރޫޕް ސީގައި ހިމެނެނީ އަހިވައް ކަންމަތި، ކުރޭޒީ ތޮޅިހެލޭ އަދި ޒެފަރސް އެސްސީ އެވެ. އަންހެން ޑިވިޜަން ކަމަށްވާ ގުރޫޕް ޑީގައި ހިމެނެނީ އެމިޓީ، ދެކުނު ކަންމަތި އަދި ނޮރިންމައެވެ.

ޖުލައި 14 އިން 21 އަށް ކުރިއަށް ގެންދާ މި މުބާރާތުގެ ޗެމްޕިއަން ޓީމުތަކަަށް 25،000 ރުފިޔާގެ ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމުތަކަށް 15،000 ރުފިޔާ ހުށަހަޅާފައިވެއެވެ.

މި މުބާރާތަކީ ތުޅާދޫގެ ޒުވާނުންގެ ހިތްތަކުގައި ކުޅިވަރަށް ލޯބި ޖައްސުވައި ކުޅިވަރުގެ ފަންނާއި، ރޫޙު ދިރުވައި އާލާކޮށް، އަތޮޅާއި ޤައުމީ ފެންވަރުގައި ވާދަކުރާނެ އެކުވެރި، ހުނަރުވެރި، ކުޅިވަރުގެ ޖީލެއް ބިނާކޮށް އެ ކަމަށް ތަރުޙީބު ދިނުމުގެ މަގުޞަދުގައި ބާއްވާ މުބާރާތެއްކަމަށް ތުޅާދޫ ކައުންސިލުން މަޢުލޫމާތު ދެއެވެ.

 

 

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.