ތުޅާދޫ ކައުންސިލްގެ 11 ވަނަ ޤުރުއާން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

187 ބައިވެރިންނާއެކު ތުޅާދޫ ކައުންސިލްގެ ޤުރުއާން މުބާރާތް ފަށައިފި

187 ބައިވެރިންނާއެކު ތުޅާދޫ ކައުންސިލްގެ ޤުރުއާން މުބާރާތް ފަށައިފި

Share on twitter
Share on telegram

މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ 11 ވަނަ ޤުރުޢާން މުބާރާތް 187 ބައިވެރިންނާއެކު ފަށައިފިއެވެ.

ތުޅާދޫ ސްކޫލުގެ ހޯލްގައި ކުރިޔަށް ގެންދާ މި މުބާރާތް ފައްޓަވައި ދެއްވީ ރަސްމިއްޔާތުގެ ސަރަފްވެރި މެހެމާން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ފާމަސީގެ ރ. އަތޮޅުގެ ރީޖަނަލް މެނޭޖަރ މުޙައްމަދު ސުޒީލް އެވެ.

ތުޅާދޫ ކައުންސިލްގެ ރައީސް އިބްރާޙީމް ޢާދިލް

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތުޅާދޫ ކައުންސިލްގެ ރައީސް އިބްރާޙީމް ޢާދިލް ވިދާޅުވީ، މި މުބާރާތަކީ ތުޅާދޫގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރުކޮށް ހުނަރުވެރި ތަރިންތަކެއް އުފެއްދުމުގެ މަޤުޞަދުގައި ކުރިޔަށް ގެންދާ މުބާރާތެއް ކަމަށާއި ތުޅާދޫގައި ސިލްސިލާކޮށް ބާއްވަމުންދާ މި ޤުރުއާން މުބާރާތުގެ އަހަރަކަށްވުރެ އަހަރެއް ކުލަގަދަކޮށް ފުރިހަމަކުރުމަށްޓަކައި ފަނޑިޔާރުކަން ކުރުމަށް ރާއްޖޭގައި އެވަގުތެއްގައި ތިއްބެވި އެންމެ ފުންނާބުއުސް ފަނޑިޔާރުން ގެނައުމަކީ ކައުންސިލުން އަބަދުވެސް އިސްކަމެއްދޭ ކަމެއް ކަމަށެވެ. އަދި މި ރަސްމިއްޔާތުގައި ތުޅާދޫ ކައުންސިލްގެ ރައީސް ވަނީ މުބާރާތަށް އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ޝުކުރު ޢަދާކުރައްވާފައެވެ.

އިސްފަނޑިޔާރު އަލްޤާރީ އިބްރާޙީމް ޝިފާޢު، ޝާރކް / ރ. އިންނަމާދޫ

ތުޅާދޫ ކައުންސިލްގެ 11 ވަނަ ޤުރުއާން މުބާރާތުގެ އިސް ފަނޑިޔާރަކީ އަލްޤާރީ އިބްރާޙީމް ޝިފާޢު، ޝާރކް / ރ. އިންނަމާދޫ އެވެ. އިތުރު ފަނޑިޔާރުންގެ ގޮތުގައި ފަނޑިޔާރުކަން ކުރައްވާނީ އަލްޤާރީ މުޙައްމަދު ތައުފީޤް ޢަލީ، މުއިރި / ކ. މާލެ އާއި އަލްޙާފިޡް އަލްޤާރީ އިބްރާޙީމް ރަމްޒީ، ހިޔާ / ށ.ފުނަދޫ އެވެ. މި ތިން ފަނޑިޔާރުންނަކީވެސް މިވަގުތު ރާއްޖޭގައި ތިއްބެވި އެންމެ ފުންނާބުއުސް 03 ފަނޑިޔާރުންނެވެ.

އަލްޤާރީ މުޙައްމަދު ތައުފީޤް ޢަލީ، މުއިރި / ކ. މާލެ

މިރަސްމިއްޔާތު ކީރިތި ޤުރުއާންގެ ބަރަކާތުން ފައްޓަވައި ދެއްވީ އިސް ފަނޑިޔާރު އަލްޤާރީ އިބްރާޙީމް ޝިފާޢު އެވެ. އަދި ފަނޑިޔާރުންގެ ފަރާތުން ވާހަކަފުޅު ދައްކަވާފައި ވަނީ ފަނޑިޔާރު އަލްޤާރީ މުޙައްމަދު ތަޢުފީޤު ޢަލީ އެވެ. ފަނޑިޔާރު ތަޢުފީޤު ވަނީ މި މުބާރާތުގެ ފަނޑިޔާރުކަން ކުރުމަށް ދަޢުވަތު ދެއްވި ކަމަށްޓަކައި ތުޅާދޫ ކައުންސިލްގެ ރައީސްއަށާއި މެމްބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ފަނޑިޔާރު ތަޢުފީޤު ވަނީ މުބާރާތުގައި ފަނޑިޔާރުކަން ކުރަމުންދާނެ ގޮތާއި މާކްސް ދޭނެ ގޮތުގެ އިތުރުން މާކުސް ކެނޑިގެން ދާނެ ގޮތުގެ ތަފްސީލު ވަނީ ބައިވެރިންނާއި ހިއްސާކޮށްފައެވެ.

2011 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ތުޅާދޫ ކައުންސިލުން ބާއްވަމުން އަންނަ މި ޤުރުއާން މުބާރާތުގައި މިދިޔަ އަހަރު ބައިވެރި ވެފައި ވަނީ 118 ބައިވެރިންނެވެ.

ވީޑިއޯ: ތުޅާދޫ ކައުންސިލްގެ 11 ވަނަ ޤުރުޢާން މުބާރާތް ފެށުމުގެ ރަސްމިއްޔާތު

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.