101 އަހަރުގައި “ކުޑާއްތަ” ނިޔާވެއްޖެ

101 އަހަރުގައި “ކުޑާއްތަ” ނިޔާވެއްޖެ

Share on twitter
Share on telegram

މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ރަށްވެހިންގެ ތެރެއިން ދުނިޔޭގައި ހުރި އެންމެ ދުވަސްވީ ފަރާތް 101 އަހަރުގައި ނިޔާވެއްޖެއެވެ.

ބ.ތުޅާދޫ، އިރަމާގެ، މަރްޔަމް ޢަލީ (ކުޑާއްތަ) ނިޔާވެފައި ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މިއަދުގެ 11:36 ހާއިރު އެވެ.

ކުޑާއްތަ އުފަންވެފައި ވަނީ 01 ޖެނުއަރީ 1922 ގައި ކަމަށް އައިޑެންޓިޓީ ކާޑުގައި ބަޔާންކޮށްފައި ވީނަމަވެސް ކުޑާއްތަގެ އުމުރުން 112 އަހަރުވަރު ވެފައިވާކަމަށް ތުޅާދޫގެ ދުވަސްވީ ފަރާތްތަކުން މަޢުލޫމާތުދެއެވެ.

ކުޑާއްތަގެ މައްޗަށް ކުރެވޭ ކަށުނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ މިރޭގެ މަޤްރިބް ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

ބ. ތުޅާދޫ އިރަމާގޭ މަރްޔަމް ޢަލީ (ކުޑާއްތަ) ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ޚަބަރު އަޅުގަނޑުމެން އެހީ ވަރަށް ފުން ހިތާމަޔާ އެކުގައެވެ. މި ހިތާމާގައި ތުޅާދޫ އޮންލައިންގެ މެނޭޖްމަންޓާއި މުވައްޒަފުން ބައިވެރިވެ އެ މަރުޙޫމާގެ އާއިލާއަށް ތަޢުޒިޔާ ދަންނަވަމެވެ. މާތް ﷲ އެ މަރުޙޫމާގެ ފުރާނަފުޅަށް ރަޙްމަތްލައްވައި ސުވަރުގޭގެ ދާޢިމީ ނިއުމަތް މިންވަރު ކުރެއްވުމަށާއި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.