އައްޝެއިޚް ޢަބްދުއްސަލާމް ދާޢޫދު

ސިލްސިލާކޮށް ތުޅާދޫގައި ދީނީ ދަރުސްތަކެއް ބާއްވަނީ، ފުރަތަމަ ދަރުސް މިރޭ

ސިލްސިލާކޮށް ތުޅާދޫގައި ދީނީ ދަރުސްތަކެއް ބާއްވަނީ، ފުރަތަމަ ދަރުސް މިރޭ

Share on twitter
Share on telegram

މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫގައި ސިލްސިލާކޮށް ދީނީ ދަރުސްތަކެއް ބޭއްވުމަށް ނިންމައި، އެކަން ތުޅާދޫ ސިލްވަރ ޝައިން ކްލަބްއިން ޢާއްމު ކޮށްފިއެވެ.

ތުޅާދޫ ސިލްވަރ ޝައިން ކްލަބްއިން މަޢުލޫމާތުދޭ ގޮތުގައި، ސިލްސިލާކޮށް ބާއްވާ މި ދަރުސްތަކަކީ ތުޅާދޫ ސިލްވަރ ޝައިން ކްލަބާއި، ތުޅާދޫ ކައުންސިލާއި، ތުޅާދޫ ސްޕޯރޓްސް ކްލަބާއި، ޒެފަރސް ސްޕޯރޓްސް ކްލަބްގެ އިތުރުން ތުޅާދޫ ޒުވާނުން ގުޅިގެން ކުރިޔަށް ގެންދާ ދަރުސްތަކެއް ކަމަށެވެ.

މި ދަރުސްތައް ކުރިޔަށް ގެންދިއުމުގެ މަޤުޞަދަކީ ތުޅާދޫ ރައްޔިތުންގެ ހިތްތަކުގައި އިސްލާމީ ރޫޙް އާލާކޮށް، އިސްލާމީ ވަޙުދަތު އިތުރު ކުރުމަށާއި އިސްލާމް ދީނާއިމެދު ރައްޔިތުންގެ ހޭލުންތެރިކަން އިތުރު ކުރުން ކަމުގައި ތުޅާދޫ ސިލްވަރ ޝައިން ކްލަބްއިން މަޢުލޫމާތު ދެއެވެ.

ތުޅާދޫ އޮންލައިންއަށް މަޢުލޫމާތު ދެއްވަމުން ތުޅާދޫ ސިލވަރ ޝައިން ކްލަބްގެ ވައިސް ޗެއަރ މުޙައްމަދު މުމްތާޒް ވިދާޅުވީ، މި ދަރުސް ކުރިޔަށްދާ ވަގުތު، ޢާންމު ފަރާތްތަކުން، ދީނީ ގޮތުން ކުރަން ބޭނުންވާ ސުވާލުތައް ކުރުމުގެ ފުރުޞަތު ލިބިގެން ދާނެކަމަށާއި، ސިލްސިލާކޮށް ދީނީ ދަރުސްތަކެއް ބޭއްވުމަށް ތުޅާދޫގެ ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިފައިވާކަމަށްޓަކައި އެންމެހާ ފަރާޓްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މި ދަރުސް އަޑު އެހުމަށް ވީހާވެސް ގިނަ ބަޔަކު ގަޑިއަށް އެ ސަރަޙައްދަށް އައުމަށް ވައިސް ޗެއަރ މުޙައްމަދު މުމްތާޒް ވަނީ އެދިލައްވާފައެވެ.

މިގޮތުން ބޭއްވޭ ފުރަތަމަ ދަރުސް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ ތަރާވީސް ނަމާދަށްފަހު، މަސްޖިދުއްސަޢާދާ (ބޮޑުމިސްތް) އިރުން އޮންނަ ހުސް ބިމުގައެވެ.

މިރޭ ބޭއްވޭ މި ދަރުސް ދިނުމަށް ހަމަޖެހިފައި ވަނީ އައްޝެއިޚް ޢަބްދުއްސަލާމް ދާޢޫދު އެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.