މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ ފާރާތުން ތުޅާދޫ ރައްޔިތުންނަށް ރޯދަ އިނާޔަތެއްގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވާ 50 ބަސްތާ ވެލި ގެންދިއުމަށް ރައްޔިތުންނަށް، ރޯދަ މަހުގެ ކުރިން ލިބޭނީ 03 ގަޑި އިރު ކަމަށް ތުޅާދޫ ކައުންސިލުން ހާމަކޮށްފިއެވެ.
ރޯދަ އިނާޔަތުގެ ގޮތުގައި ރައްޔިތުންނަށް ވެލި ދޫކުރުމަށް ކައުންސިލުން ނިންމި ނަމަވެސް، ރޯދަ ފެށެން އެއް ދުވަހަށް ވެފައި ވީއިރުވެސް އެކަމާއި ގުޅޭ އެއްވެސް މަސައްކަތެއް ކައުންސިލުން ނުކުރާކަމަށް ބުނެ ރައްޔިތުން ޝުޢޫރު ފާޅު ކުރަމުން ދަނިކޮށް މިއަދު ކައުންސިލުން ކޮށްފައިވާ އިޢުލާންގައި ބަޔާން ކޮށްފައި ވަނީ 2023 މާރޗް 22 ވަނަ ދުވަހުން ފެށިގެން މާރޗް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
ތުޅާދޫ ކައުންސިލުގެ ރޯދަ އިނާޔަތަށް ހެދީ ކިހިނެއް؟ ރައްޔިތުން ވާނުވާގައި – Thulhaadhoo Online
ކައުންސިލުން ޢާއްމު ކޮށްފައިވާ އިޢުލާނުގައި ވާގޮތުން އެ މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހެއްގެ 15:00 އިން 18:00 އަށް ވެލި ދޫކުރުމަށް ވަނީ ހަމަ ޖެހިފައެވެ. އަދި ރައްޔިތުންނަށް ރޯދަ އިނާޔަތުގެ ގޮތުގައި ކައުންސިލުން ދޫކުރާ 50 ބަސްތާ ވެލި ހޯދުމަށް ކޮންމެ ގޭބިސީއަކުން ތުޅާދޫ ކައުންސިލަށް ދުރުވެ ވެލި ޗިޓް ހައްދަން ޖެހޭ ކަމަށްވެސް އެ އިޢުލާންގައި ވެއެވެ.
ރޯދަ އިނާޔަތަށް 50 ބަސްތާ ވެލި، ކުނި ފީ ހިލޭކުރުމަށް ތާޢީދެއް ނެތް – Thulhaadhoo Onlineނޯޓް:
އިނާޔަތުގެ ވެލި ދޫކުރުމާއި ގުޅޭ ގޮތުން މިއަދު ހެނދުނު އިޢުލާނެއް ކުރުމަށްފަހު އެ އިޢުލާނާއި ހަވާލާދީ 30 މިނެޓް ފަހުން ތުޅާދޫ ކައުންސިލުން ވަނީ 02 ވަނަ އިޢުލާނެއް ކޮށްފައެވެ.



