ބ. އަތޮޅަށް ހުޅުވާލައިގެން ފުޓްސަލްގެ މުބާރާތެއް ބާއްވަނީ

ބ. އަތޮޅަށް ހުޅުވާލައިގެން ފުޓްސަލްގެ މުބާރާތެއް ބާއްވަނީ

Share on twitter
Share on telegram

ބ.އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން އަތޮޅު ކައުންސިލުން އަންހެން އަދި ފިރިހެން ފުޓްސަލްގެ ބޮޑު މުބާރާތެއް ބާއްވަން ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

“ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާރ”ގެ ނަމުގައި ބ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ދަރަވަންދޫގައި ބާއްވާ މި މުބާރާތް ވެގެންދާނީ އަތޮޅުގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތަށެވެ.

މި މުބާރާތުގެ ކޮންމެ ޗެމްޕިއަން ޓީމަކަށް 50،000 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު ކޮންމެ ރަނަރަޕް ޓީމަކަށް 25،000 ރުފިޔާގެ ވަނީ ކަނޑައަޅައިފަ އެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޓީމު ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އަންނަ ބުދަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ. މުބާރާތުގައި ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ ބ. އަތޮޅުގެ ކޮންމެ ރަށު ކައުންސިލަކުން އަންހެން އަދި ފިރިހެން އެއް ޓީމެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ މަސައްކަތް ތުޅާދޫ ކައުންސިލްގެ ފަރާތުންވެސް ދަނީ ކުރަމުންނެވެ. އެގޮތުން ޝައުޤުވެރިވާ ފަރާތްތަކުން 2023 މާރޗް 21 ގެ 13:00 ގެ ކުރިން ގޫގަލް ފޯމް، ފުރުމަށް ތުޅާދޫ ކައުންސިލުން ވަނީ އެދިފައެވެ.

މި މުބާރާތް ފަށާނީ އަންނަ މޭމަހުގެ 12 ގަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.