(ވ) ފުރަތަމަ: ދިވެހި ލިބާހުގައި ތުޅާދޫ ކައުންސިލްގެ އެސް.ޖީ އާއިޝަތު ރަޝީދާ

100 ހައުސިންގ ޔުނިޓްގެ މައްސަލަ: އެސްޖީގެ އަމަލުތަކުގެ ސަބަބުން ކައުންސިލަށް ގޮތެއް ނުނިންމިފަ

100 ހައުސިންގ ޔުނިޓްގެ މައްސަލަ: އެސްޖީގެ އަމަލުތަކުގެ ސަބަބުން ކައުންސިލަށް ގޮތެއް ނުނިންމިފަ

Share on twitter
Share on telegram

ބ.ތުޅާދޫގައި އިމާރާތް ކުރަމުންދާ 100 ހައުސިންގ ޔުނިޓްގެ މައްސަލާގައި ގޮތެއް ނިންމުމަށް ދެ ވަނަ ފަހަރަށް އެޖެންޑާ ކޮށްގެންވެސް، ތުޅާދޫ ކައުންސިލްގެ އެސް.ޖީ އާއިޝަތު ރަޝީދާ ކައުންސިލްގެ ނިންމުންތަކަށް ޢަމަލު ނުކުރުމުގެ ސަބަބުން ކައުންސިލަށް ގޮތެއް ނުނިންމި، އިތުރު ޖަލްސާއަކަށް ގޮތް ނިންމުން އެޖެންޑާ ކުރުމަށް ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ އިން ތުޅާދޫ ކައުންސިލް އަށް 2023 ޖަނަވަރީގައި 08 ފޮނުވާފައިވާ ސިޓީއަކާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް 2023 ފެބްރުއަރީ 12 ވަނަ ދުވަހު ބޭއްވި ބ.ތުޅާދޫ ކައުންސިލުގެ 04 ވަނަ ދަޢުރުގެ 115 ވަނަ ޢާއްމު ޖަލްސާގައި ނިންމާފައި ވަނީ  ގޯތި ވިލަރެސްކުރާ ކޮމިޓީ އާއިއެކު ކައުންސިލުން ބައްދަލުކޮށް، ސާފުކުރަން ބޭނުންވާ މަޢުލޫމާތު ސާފުކުރުމަށްފަހު ތުޅާދޫ ކައުންސިލާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރއާއެކު ބައްދަލުވުމެއް ބޭއްވުމަށްފަހު، ޤާނޫނީ ލަފާ ހޯދައި އެހެން ޖަލްސާއަކަށް އެޖެންޑާ ކުރުމަށެވެ.

ކައުންސިލުން ނިންމާފައިވާ މި ނިންމުމާއި އެއްގޮތަށް ވިލަރެސް ކޮމިޓީއާއި ބައްދަލުކޮށް މަޢުލޫމާތު ސާފުކުރުމުގެ އިތުރުން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރއާއެކު ކައުންސިލުން ބައްދަލުވުންތައް ބާއްވާފައި ވެއެވެ.

މި މައްސަލައާއި ގުޅިގެން ޤާނޫނީ ލަފާ ހޯދުމަށް ކައުންސިލުން ނިންމިތާ 01 މަހާއި 03 ދުވަސް ފަހުން، 2023 މާރޗް 16 ވަނަ ދުވަހު ބޭއްވި ތުޅާދޫ ކައުންސިލްގެ ޖަލްސާގެ ބަހުސްގެ މަރުހަލާގައި ކައުންސިލް މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ތުޅާދޫ ކައުންސިލްގެ ރަޢީސް އިބްރާޙީމް ޢާދިލް ވިދާޅުވީ، ކައުންސިލްގެ ނިންމުން ނިންމި ފަހުން މަހެއް ފާއިތުވެގެން ދިޔަ ނަމަވެސް ޤާނޫނީ ލަފާ ހޯދުމަށް އިދާރީ ގޮތުން އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާކަމަށެވެ. ޤާނޫނީ ލަފާ ހޯދުމަށް އެއްވެސް ސިޓީއެއްވެސް ފޮނުވާފައި ނުވާކަން ކައުންސިލްގެ ރައީސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ބ.ތުޅާދޫގައި އިމާރާތްކުރަމުންދާ 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ކުރިޔަށް ދާގޮތް ބެލުމަށް 2023 މާރޗް 06 އިން 07 އަށް މިނިސްޓްރީގެ ޓީމެއް ވަނީ ތުޅާދޫ އަށް ޒިޔާރަތް ކޮށްފައެވެ. މިނިސްޓްރީން ތުޅާދޫއަށް ކުރި މި ޒިޔާރަތުގައި އިސްކޮށް ހުންނެވީ މިނިސްޓްރީގެ ސީނިއަރ ކޮންޓްރެކްޓިންގ އޮފިސަރ އަލްފާޟިލް މުޙައްމަދު ޒަރީރު އެވެ.

2023 މާރޗް 07 ވަނަ ދުވަހު މިނިސްޓްރީއާއި ތުޅާދޫ ކައުންސިލާއި މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމުގައި ދެ ފަރާތުގެ މަޝްވަރާއަށްފަހު ނިންމާފައި ވަނީ ހައުސިންގ ޔުނިޓްތަކަށް އެދި ކުރިމަތިލުމަށް ކޮށްފައިވާ އިޢުލާނާއި މެދު ގޮތެއް ނިންމާނީ ތުޅާދޫ ކައުންސިލުން ކަމަށެވެ.

މިނިސްޓްރީގެ މި ބައްދަލުވުމަށްފަހު 2023 މާރޗް 12 ވަަނަ ދުވަހު މިނިސްޓރީން ތުޅާދޫ ކައުންސިލަށް ފޮނުވި ސިޓީގައި ވަނީ ކައުސިލާއި މިނިސްޓްރީއާއި ދެމެދު މަޝްވަރާކުރުމަށްފަހު ނިންމާފައިވާ ގޮތަށް، ހައުސިންގ ޔުނިޓްތަކަށް އެދި ކުރިމަތިލުމަށް ކޮށްފައިވާ އިޢުލާނާއި މެދު ކައުންސިލުން ނިންމާ ގޮތެއް 2023 މާރޗް 19 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް އެންގުމަށެވެ.

2023 މާރޗް 12 ވަނަ ދުވަހު މިނިސްޓްރީއިން ފޮނުވާފައިވާ ސިޓީގައިވާ މައްސަލައާމެދު ގޮތެއް ނިންމުމަށް 2023 މާރޗް 16 ވަނަ ދުވަހު ކައުންސިލްގެ 04 ވަނަ ދައުރުގެ 120 ވަނަ އާންމު ޖަލްސާ ބޭއްވި ނަމަވެސް، ތުޅާދޫ ކައުންސިލުގެ ޖަލްސާތަކުން ނިންމާ ނިންމުންތަކާއި އެއްގޮތަށް ސެކެޓަރީ ޖެނެރަލް އާއިޝަތު ރަޝީދާ ކައުންސިލްގެ ނިންމުންތަކަށް ޢަމަލު ނުކޮށް، ކަމާގުޅުންހުރި އިދާރާތަކަށް ފޮނުވަންޖެހޭ ސިޓިތައް ފޮނުވާފައި ނުވާތީ އެ ޖަލްސާގައިވެސް ކައުންސިލަށް ގޮތެއް ނުނިންމި، އިތުރު ޖަލްސާއަކަށް އެޖެންޑާކޮށް ގޮތެއް ނިންމުމަށް ވަނީ ފާސްކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން ކައުންސިލުން ބޭއްވި، 115 ވަނަ ޢާއްމު ޖަލްސާގައި ކައުންސިލްގެ ގިނަ މެންބަރުން ވަނީ ހައުސިންގ ޔުނިޓްގެ ކަންކަމުގައި ވިލަރެސް ކޮމިޓީން ޢަމަލުކުރާ ގޮތަށް ފާޑުވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ވިލަރެސް ކޮމިޓީން ހައުސިންގ ޔުނިޓްތަކާއި ގުޅިގެން ކުރެވެމުންދިޔަ މަސައްކަތްތައް ކައުންސިލަށް ޙިއްޞާ ކުރުމަށް މިހާތަނަށް އެއްވެސް ބައްދަލުވުމެއް ބާއްވާފައި ނުވާކަމުގެ ކަންބޮޑުވުމާއި ވިލަރެސް ކޮމިޓީގެ ބައްދަލުވުންތައް ކޯރަމް ހަމަނުވަނީސް ކުރިޔަށް ގެންދާކަމުގެ ޝަކުވާ އާއި ހައުސިންގ ޔުނިޓްތަކަށް އެދި ރައްޔިތުން ހުށަހަޅަހަޅާފައިވާ ފޯމްތަކުގެ ތެރެއިން މިހާތަނަށް އިވެލުއޭޓް ކޮށްފައިވަނީ 100 އެއްހާ ފޯމުކަމަށާއި، ބާކީތިބި 600 އެއް ރައްޔިތުންގެ ފޯމްތައް އިވެލުއޭޓް ނުކޮށް ފްލެޓް ދޫކުރުން އަވަސްއަރުވާލައިގެން ކުރިޔަށް ގެންދާ ކަމުގެ ޝަކުވާގެ އިތުރުން ރައްޔިތުން ހުށަހަޅާފައިވާ ފޯމުތައް ކައުންސިލުގެ އިދާރީ މުވައްޒަފުންގެ ބެލުމުގެ ދަށުގައި ނުބަހައްޓާއި ވަކިވަކި ކައުންސިލަރުންގެ އަތްފުޅުގައި ބަހައްޓައި ކޯރަމް ހަމަނުކޮށް ވިލަރެސް ކޮމިޓީގައި ހިމެނޭ ކައުންސިލަރުންނަށް ފެންނަ ގޮތަކަށް މާރކްސް ދޭކަމުގެ ކަންބޮޑުވުންތައްވެސް ކައުންސިލަރުން ވަނީ ފާޅު ކޮށްފައެވެ.

ހައުސިންގ ޔުނިޓްތަކުގެ އުޞޫލަށް ބަދަލު ގެންނަނަމަ، އެންމެ ރަނގަޅުގޮތަކީ ކުރިން ކޮށްފައިވާ އިޢުލާނާއި، އެ އިޢުލާނާއި ގުޅިގެން ލިބިފައިވާ ފޯމްތަށް ބާޠިލްކޮށް އަލުން އިޢުލާން ކުރުން ކަމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ އިން ވަނީ ތުޅާދޫ ކައުންސިލަށް އަންގާފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. “މި މައްސަލައާއި ގުޅިގެން ކައުންސިލުން ބޭއްވި، 115 ވަނަ ޢާއްމު ޖަލްސާގައި ކައުންސިލްގެ ގިނަ މެންބަރުން ވަނީ ހައުސިންގ ޔުނިޓްގެ ކަންކަމުގައި ވިލަރެސް ކޮމިޓީން ޢަމަލުކުރާ ގޮތަށް ފާޑުވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ވިލަރެސް ކޮމިޓީން ހައުސިންގ ޔުނިޓްތަކާއި ގުޅިގެން ކުރެވެމުންދިޔަ މަސައްކަތްތައް ކައުންސިލަށް ޙިއްޞާ ކުރުމަށް މިހާތަނަށް އެއްވެސް ބައްދަލުވުމެއް ބާއްވާފައި ނުވާކަމުގެ ކަންބޮޑުވުމާއި ވިލަރެސް ކޮމިޓީގެ ބައްދަލުވުންތައް ކޯރަމް ހަމަނުވަނީސް ކުރިޔަށް ގެންދާކަމުގެ ޝަކުވާ އާއި ހައުސިންގ ޔުނިޓްތަކަށް އެދި ރައްޔިތުން ހުށަހަޅަހަޅާފައިވާ ފޯމްތަކުގެ ތެރެއިން މިހާތަނަށް އިވެލުއޭޓް ކޮށްފައިވަނީ 100 އެއްހާ ފޯމުކަމަށާއި، ބާކީތިބި 600 އެއް ރައްޔިތުންގެ ފޯމްތައް އިވެލުއޭޓް ނުކޮށް ފްލެޓް ދޫކުރުން އަވަސްއަރުވާލައިގެން ކުރިޔަށް ގެންދާ ކަމުގެ ޝަކުވާގެ އިތުރުން ރައްޔިތުން ހުށަހަޅާފައިވާ ފޯމުތައް ކައުންސިލުގެ އިދާރީ މުވައްޒަފުންގެ ބެލުމުގެ ދަށުގައި ނުބަހައްޓާއި ވަކިވަކި ކައުންސިލަރުންގެ އަތްފުޅުގައި ބަހައްޓައި ކޯރަމް ހަމަނުކޮށް ވިލަރެސް ކޮމިޓީގައި ހިމެނޭ ކައުންސިލަރުންނަށް ފެންނަ ގޮތަކަށް މާރކްސް ދޭކަމުގެ ކަންބޮޑުވުންތައްވެސް ކައުންސިލަރުން ވަނީ ފާޅު ކޮށްފައެވެ.”
    މިއީވެސް ހަމަ އެސްޖީގެ ޢަމަލުތައްތޯ؟ ޚަބަރު ފެތުރުއްވުމުގައި ނޫސްވެރިއެއްގެ ހައިސިއްޔަތުން ތަންކޮޅެއް ޒިންމާދާރުކޮށް ޙަޤީޤަތާ އެއްގޮތަށް މަޢުލޫމާތު ފެތުރުމަކީ ރައްޔިތުންގެ ޢާންމު މަސްލަހަތާ ގުޅުންހުރި މިފަދަ ޚައްޞާޞީ މައްސަލަ ތަކުގައި ވަރަށް ބޮޑަށް ވިސްނަންޖެހޭނެކަމެއް. ކަމެއް ނުކުރެވި އޮތުމުން ވަކި މީހެއްގެ ބޮލަށް ކަނޑާލުމުގެ ބަދަލުގައި އެކަން ނުކުރެވި އޮތް ސަބަބުތައް ދެނެގަތުން މާ ބުއްދިވެރިއެއްނޫންތޯ؟؟؟؟؟؟ ޒިންމާދާރު ނޫސްވެރިކަން ކުރިއަށް ނެރޭ!!!!!!!!

Leave a Reply

Your email address will not be published.