ބ.ތުޅާދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް - ފޮޓޯ: އަޙުސަމް ޔޫސުފް

ރައްޔިތުންގެ ބައްދަލުވުން: މިރޭ އޮންލައިންކޮށް ބާއްވަން ނިންމައިފި

ރައްޔިތުންގެ ބައްދަލުވުން: މިރޭ އޮންލައިންކޮށް ބާއްވަން ނިންމައިފި

Share on twitter
Share on telegram

މާޅޮސްމަޑުލު ދެކުނުބުރީ ކައުންސިލުން މިރޭ ރައްޔިތުންނާއި ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުން އޮންލައިންކޮށް ބޭއްވުމަށް ނިންމައިފިއެވެ.

މިރޭ އޮންލައިންކޮށް ބޭއްވުމަށް ނިންމާފައިވާ ބައްދަލުވުމުގެ އެޖެންޑާގައި ވަނީ، ފާސްކުރެވިފައިވާ ތުޅާދޫ ލޭންޑް ޔޫޒް ޕްލޭން ރައްޔިތުންނަށް ޙިއްޞާކުރުމާއި، ތުޅާދޫގައި އެޅުމަށް ހަމަޖެހިފައިވާ ފިޝަރީޒް ކޮމްޕްލެކްސްއާއި ގުޅޭ މަޢުލޫމާތު ރައްޔިތުންނާއި ޙިއްޞާ ކުރުމެވެ.

ތުޅާދޫ ކައުންސިލުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދި ނަމަވެސް ލޭންޑް ޔޫޒް ޕްލޭން އެކުލަވާލައި ހުށަހަޅާފައި ވަނީ ރައްޔިތުން ދީފައިވާ ޚިޔާލުތަކާއި މަޝްވަރާތަކުގައި ކޮޅުފައިން ޖަހާ، ކައުންސިލްގެ ނުފޫޒުގަދަ ބައެއް ވެރިން ބޭނުންވާ ގޮތަށް ކަމަށް، ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ޚިއްޞާކުރި ކައުންސިލްގެ އިދާރީ މުވައްޒަފަކު ވިދާޅުވިއެވެ.

ލޭންޑް ޔޫޒް ޕްލޭން ފާސްކުރަން ފޮނުވިއިރު، ތުޅާދޫ ރައްޔިތުންގެ އުންމީދުތައް މިވަގުތު އެންމެ ބޮޑަށް ގުޅިގައިވާ، “ފިޝަރީޒް ކޮމްޕްލެކްސް” އެޅުމަށް ބިންހިކުމަށް، ފަޅުން އެފަރާތުން އެދުނު ސަރަޙައްދުގެ ބަދަލުގައި ހުށަހެޅި ޕްލޭންގައި ކަނޑައަޅާފައި ވަނީ މުޅިން އެހެން ސަރަޙައްދެއް ކަމަށްވެސް އެ އިދާރީ މުވައްޒަފު ވަނީ ފާހަގަ ކޮށްފައެވެ.

އިދާރީ މުވައްޒަފު އިތުރަށް ވިދާޅުވީ، ލޭންޑް ޔޫސް ޕްލޭން ފާސްވެގެން އައިއިރު “ފިޝަރީޒް ކޮމްޕްލެކްސް” އެޅުމަށް ބިންހިކުމަށް، ފަޅުން ކަޑައަޅާފައިވާ ސަރަޙައްދު ނުވެސް ނެތްކަމަށެވެ.

ތުޅާދޫ ކައުންސިލްގެ 04 ވަނަ ދަޢުރަށް ކައުންސިލަރުން އިންތިޙާބް ވުމަށްފަހު، ތުޅާދޫގައި ތަފާތު އެކިއެކި ބޭނުންތަކަށް ބިން ދޫކުރެވެން ނެތްކަމަށް ވިދާޅުވެ ކައުންސިލަރުން އުޒުރެއްގެ ގޮތުގައި ދައްކަވާފައި ވަނީ “ލޭންޑް ޔޫޒް ޕްލޭން” ފާސް ނުވަނީސް އެއްވެސް ބޭނުމަކަށް ބިން ދޫކުރެވެން ނެއްކަމަށެވެ.

ތުޅާދޫ ކައުންސިލުން 2022 ވަނަ އަހަރު “ބިމު ކުލި” ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 1488،768.40 ރުފިޔާއެވެ. ނަމަވެސް 2022 ވަނަ އަހަރު ނިމުނު އިރު “ބިމު ކުލި” ގޮތުގައި ތުޅާދޫ ކައުންސިލަށް ލިބިފައި ވަނީ، 151،806.97 ރުފިޔާއެވެ. މި އީ ތުޅާދޫ ކައުންސިލުން ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ އެތަށް ގުނައެއް ދަށް އަދަދެކެވެ.

ނޯޓް:

މިރޭ އޮންލައިންކޮށް ބާއްވާ ރައްޔިތުންގެ ބައްދަލުވުމަށް ވަދެވަޑައިގަތުމަށް (https://meet.google.com/ktf-erap-krh) މި ލިންކަށް ފިތާލައްވާ!

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.