ބ.ތުޅާދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް - ފޮޓޯ: އަޙުސަމް ޔޫސުފް

100 ހައުސިންގ ޔުނިޓްގެ މައްސަލަ: ކައުންސިލުން މިއަދު ގޮތެއް ނިންމަނީ

100 ހައުސިންގ ޔުނިޓްގެ މައްސަލަ: ކައުންސިލުން މިއަދު ގޮތެއް ނިންމަނީ

Share on twitter
Share on telegram

ބ.ތުޅާދޫގައި އިމާރާތް ކުރަމުންދާ 100 ހައުސިންގ ޔުނިޓްގެ މައްސަލައިގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ އިން ތުޅާދޫ ކައުންސިލް އަށް ފޮނުވާފައިވާ ސިޓީއަކާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް މިއަދު އޮންނަ ކައުންސިލްގެ ޢާއްމު ޖަލްސާ އަށް އެޖެންޑާ ކޮށްފިއެވެ.

މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 120 ވަނަ ޢާއްމު ޖަލްސާއަށް އިދާރާއިން ހުށަހަޅާ މައްސަލައެއްގެ ގޮތުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ އިން 2023 މާރޗް 12 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީގައިވާ މައްސަލައާމެދު ގޮތެއް ނިންމުމަށް އެޖެންޑާ ކޮށްފައިވާއިރު 2023 ފެބްރުއަރީ 12 ވަނަ ދުވަހު ބޭއްވި ތުޅާދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 115 ވަނަ ޢާއްމު ޖަލްސާއިން ނިންމާފައި ވަނީ ވިލަރެސް ކޮމިޓީ އާއިއެކު ކައުންސިލުން ބައްދަލުކޮށް، ސާފުކުރަން ބޭނުންވާ މަޢުލޫމާތު ސާފުކުރުމަށްފަހު ތުޅާދޫ ކައުންސިލާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ އާއިއެކު ބައްދަލުވުމެއް ބޭއްވުމަށެވެ.

މީގެ އިތުރުން މިނިސްޓްރީ އާއިއެކު ބާއްވާ ބައްދަލުވުމަށްފަހު، މި މައްސަލާގައި ޤާނޫނީ ލަފާ ހޯދައި އެހެން ޖަލްސާއަކަށް އަލުން މި މައްސަލަ އެޖެންޑާ ކުރުމަށް ފެންނަކަމަށްވެސް ކައުންސިލަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން ކައުންސިލުން ބޭއްވި، 115 ވަނަ ޢާއްމު ޖަލްސާގައި ކައުންސިލްގެ ގިނަ މެންބަރުން ވަނީ ހައުސިންގ ޔުނިޓްގެ ކަންކަމުގައި ވިލަރެސް ކޮމިޓީން ޢަމަލުކުރާ ގޮތަށް ފާޑުވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ވިލަރެސް ކޮމިޓީން ހައުސިންގ ޔުނިޓްތަކާއި ގުޅިގެން ކުރެވެމުންދިޔަ މަސައްކަތްތައް ކައުންސިލަށް ޙިއްޞާ ކުރުމަށް މިހާތަނަށް އެއްވެސް ބައްދަލުވުމެއް ބާއްވާފައި ނުވާކަމުގެ ކަންބޮޑުވުމާއި ވިލަރެސް ކޮމިޓީގެ ބައްދަލުވުންތައް ކޯރަމް ހަމަނުވަނީސް ކުރިޔަށް ގެންދާކަމުގެ ޝަކުވާ އާއި ހައުސިންގ ޔުނިޓްތަކަށް އެދި ރައްޔިތުން ހުށަހަޅަހަޅާފައިވާ ފޯމްތަކުގެ ތެރެއިން މިހާތަނަށް އިވެލުއޭޓް ކޮށްފައިވަނީ 100 އެއްހާ ފޯމުކަމަށާއި، ބާކީތިބި 600 އެއް ރައްޔިތުންގެ ފޯމްތައް އިވެލުއޭޓް ނުކޮށް ފްލެޓް ދޫކުރުން އަވަސްއަރުވާލައިގެން ކުރިޔަށް ގެންދާ ކަމުގެ ޝަކުވާގެ އިތުރުން ރައްޔިތުން ހުށަހަޅާފައިވާ ފޯމުތައް ކައުންސިލުގެ އިދާރީ މުވައްޒަފުންގެ ބެލުމުގެ ދަށުގައި ނުބަހައްޓާއި ވަކިވަކި ކައުންސިލަރުންގެ އަތްފުޅުގައި ބަހައްޓައި ކޯރަމް ހަމަނުކޮށް ވިލަރެސް ކޮމިޓީގައި ހިމެނޭ ކައުންސިލަރުންނަށް ފެންނަ ގޮތަކަށް މާރކްސް ދޭކަމުގެ ކަންބޮޑުވުންތައްވެސް ކައުންސިލަރުން ވަނީ ފާޅު ކޮށްފައެވެ.

ހައުސިންގ ޔުނިޓްތަކުގެ އުޞޫލަށް ބަދަލު ގެންނަނަމަ، އެންމެ ރަނގަޅުގޮތަކީ ކުރިން ކޮށްފައިވާ އިޢުލާނާއި، އެ އިޢުލާނާއި ގުޅިގެން ލިބިފައިވާ ފޯމްތަށް ބާޠިލްކޮށް އަލުން އިޢުލާން ކުރުން ކަމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ އިން ވަނީ ތުޅާދޫ ކައުންސިލަށް އަންގާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.