ޝަޙީދުންގެ ދުވަސް ފާހަގަ ކުރުމަށް ރައްޔިތުންނާއި މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ތުޅާދޫ ކައުންސިލް

މުޙިއްމު 02 ކަމަކާއި ގުޅިގެން ރައްޔިތުންގެ ބައްދަލުވުމެއް ބާއްވަނީ

މުޙިއްމު 02 ކަމަކާއި ގުޅިގެން ރައްޔިތުންގެ ބައްދަލުވުމެއް ބާއްވަނީ

Share on twitter
Share on telegram

މުޙިއްމު 02 ކަމެއްގެ މަޢުލޫމާތު ރައްޔިތުންނާއި ޙިއްސާކުރުމަށް، ހުކުރު ދުވަހުގެރޭ ރައްޔިތުންގެ ބައްދަލުވުމެއް ބޭއްވުމަށް މާޅޮސްމަޑުލު ދެކުނުބްރީ ތުޅާދޫ ކައުންސިލުން ނިންމައިފިއެވެ.

ތުޅާދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 119 ވަނަ ވަނަ ޢާއްމު ޖަލްސާގައި ނިންމާފައިވަނީ، ފާސްކުރެވިފައިވާ ލޭންޑް ޔޫޒް ޕްލޭން ރައްޔިތުންނާއި ޙިއްޞާކުރުމަށާއި ހުށަހެޅިފައިވާ މަސްފެކްޓްރީގެ ޕްރޮޕޯސަލް ރައްޔިތުންނާއި ޙިއްޞާކުރުމަށް، 2023 މާރޗް 16 ވާ ބުރާސްފަތި ދުވަހުގެ ރޭ ރައްޔިތުންގެ ބައްދަލުވުމެއް ބޭއްވުމަށެވެ.

ތުޅާދޫ ކައުންސިލުގައި 07 ކައުންސިލަރުން ތިއްބަވާއިރު މި މައްސަލަ އެޖެންޑާކުރި އާންމު ޖަލްސާއަށް ހާޟިރުވެފައި ވަނީ 06 ކައުންސިލަރުންނެވެ. ކައުންސިލް ރައީސް އިބްރާޙީމް ޢާދިލް ޖަލްސާއަށް ހާޟިރު ވެފައި ނުވަނީ ޢާއިލީ ޒިންމާގައި ހުންނެވުމުގެ ސަބަބުން ކަމަށް، އާންމު ކޮށްފައިވާ 119 ވަނަ އާންމު ޖަލްސާގެ ނިންމުމުގައި ވެއެވެ.

ތުޅާދޫ ކައުންސިލްގެ ޖަލްސާތަކުގެ ނިންމުންތައް ޢާއްމު ކުރަމުންދާ ފޯމެޓްގައި ވަކިވަކި މައްސަލަތަކަށް ކައުންސިލަރުން ވޯޓްދެއްވާފައިވާގޮތް ހާމާކޮށްފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.