މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ރައްޔިތުންނަށް “ރޯދަ އިނާޔަތް” ދިނުމާމެދު ކައުންސިލުން ގޮތެއް ނިންމުމަށް އެޖެންޑާ ކޮށްފިއެވެ.
ތުޅާދޫ ކައުންސިލުގެ 04 ވަނަ ދައުރުގެ 119 ވަނަ ޢާއްމު ޖަލްސާއަށް އިދާރާއިން ހުށަހަޅާ މައްސަލައެއްގެ ގޮތުގައި އެޖެންޑާ ކޮށްފައި ވަނީ ތުޅާދޫގައި މީހުން ދިރިއުޅޭ ގޭތަކަށް ރަމަޟާން މަހަށް އެހީތެރިކަމެއް ފޯރުކޮށް ދިނުމާމެދު ގޮތެއް ނިންމުމަށެވެ.
ތުޅާދޫ ރައްޔިތުންނަށް ރޯދަ އިނާޔަތް ދިނުމާމެދު ގޮތެއް ނިންމުމަށް ބާއްވާ ކައުންސިލްގެ 119 ވަނަ ޢާއްމު ޖަލްސާ އޮންނާނީ މިއަދު 13:00 ގައި ކައުންސިލް މީޓިންގ ރޫމުގައެވެ.
ކައުންސިލުން ބާއްވާ ޢާއްމު ޖަލްސާތައް އަޑުއެހުމަށް ވަނުމުގެ ފުރުޞަތު އެންމެހާ ރައްޔިތުންނަށް ވަނީ ހުޅުވާލާފައެވެ. ކައުންސިލް ޢާއްމު ޖަލްސާއެއް އަޑުއެހުމަށް ބޭނުންވާ ފަރާތްތަކުން ކައުންސިލުން އެކަމަށް ކަނޑައަޅާފައިވާ “ކައުންސިލްގެ ބައްދަލުވުންތައް އަޑުއެހުމަށް ވަނުމަށް އެދޭ ފޯމް” ފުރިހަމަ ކުރުމަށްފަހު، ޖަލްސާ ފެށުމުގެ 01 ގަޑިއިރު ކުރިން އެ ފޯމް ކައުންސިލް އިދާރާއަށް ހުށަހަޅަން ޖެހެއެވެ.



