ތުޅާދޫ ކައުންސިލްގެ އިދާރާ - ފޮޓޯ: ދިސޮރު / ތުޅާދޫ އޮންލައިން

ތުޅާދޫ ކައުންސިލްގެ ލޯގޯ ފާސްކޮށްފި

ތުޅާދޫ ކައުންސިލްގެ ލޯގޯ ފާސްކޮށްފި

Share on twitter
Share on telegram

މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލް އިދާރާގެ ލޯގޯ ފާސްކޮށްފިއެވެ.

ތުޅާދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 117 ވަނަ ޢާއްމު ޖަލްސާއަށް ކައުންސިލު އިދާރާގެ ފަރާތުން ވަނީ، ކައުންސިލްގެ ލޯގޯ، ކުރެހުމުގައިވާގޮތަށް އިޞްލާޙުކޮށް ކުރެހުމާއެއްގޮތަށް ފާސްކުރުމާމެދު ގޮތެއް ނިންމުމަށް ހުށަހަޅާފައެވެ.

މި ހުށަހެޅުމާއިމެދު ޖަލްސާގައި މަޝްވަރާކުރުމަށްފަހު، ކައުންސިލްގެ ލޯގޯ، ކުރެހުމުގައިވާގޮތަށް ފާސްކުރުމަށް ފެންނަކަމަށް ވަނީ ނިންމާފައެވެ.

ތުޅާދޫ ކައުންސިލުން ދަނީ ކައުންސިލްގެ އޮފިޝަލް ޔުނިޕޯމާއި ކައުންސިލްގެ ސްޓާފްކާޑްވެސް ފަރުމާކުރަމުންނެވެ.

ތުޅާދޫ ކައުންސިލުގައި 07 ކައުންސިލަރުން ތިއްބަވާއިރު މި މައްސަލަ އެޖެންޑާކުރި އާންމު ޖަލްސާއަށް ހާޟިރުވެފައި ވަނީ 05 ކައުންސިލަރުންނެވެ. ޖަލްސާއަށް ހާޟިރު ނުވާ 01 ކައުންސިލްރަކު ސަލާމުގައި ހުންނެވިއިރު އަނެއް ކައުންސިލަރު ރަށުން ބޭރުގައި ވާކަމަށް، އާންމު ކޮށްފައިވާ 117 ވަނަ އާންމު ޖަލްސާގެ ނިންމުމުގައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.