ލައުޑް ސްޕީކަރު ބޭނުންކޮށް އަޑުގަދަކޮށް ލަވަ ޖެހުމަށް ކައުންސިލުން ހުއްދަ ހޯދުމަށް އިލްތިމާސްކޮށްފި

ލައުޑް ސްޕީކަރު ބޭނުންކޮށް އަޑުގަދަކޮށް ލަވަ ޖެހުމަށް ކައުންސިލުން ހުއްދަ ހޯދުމަށް އިލްތިމާސްކޮށްފި

Share on twitter
Share on telegram

ލައުޑް ސްޕީކަރު ބޭނުން ކުރުމަށާއި އަޑުގަދަކޮށް ލަވަ ޖެހުމަށް ހުއްދަ ހޯދުމަށް ބ.ތުޅާދޫ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.

ބ.ތުޅާދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވާގޮތުން “ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުމާއިބެހޭ ޤަވާޢިދު” ގެ 03 ވަނަ މާއްދާގެ ދަށުން، ރަށުގެ އާންމު ތަންތަނުގައި ލައުޑް ސްޕީކަރު ބޭނުންކުރުމާއި، އަޑުގަދަކޮށް ލައުޑް ސްޕީކަރު ބޭނުން ކޮށްގެން ލަވަޖެހުމަކީ، ކައުންސިލުން އެކަމަށް ނަގަންޖެހޭ ހުއްދަޔާ ނުލައި މަނާކަމެކެވެ.

މީގެ އިތުރުން އެ ޤަވާޢިދުގެ 06 ވަނަ މާއްދާގައި “ލައުޑް ސްޕީކަރު ބޭނުން ކުރުމާއި އަޑުގަދަކޮށް ލަވަޖެހުން މަނާ ސަރަޙައްދުތައް” ކަމުގައި ކަނޑައަޅާފައިވާ ސަރަޙައްދުތަކަކީ، ސްކޫލާއި، ހޮސްޕިޓަލާއި، ހެލްތު ސެންޓަރާއި، މިސްކިތްތަކާއި، ޝަރުޢީ ކޯޓްތަކާއި، ކައުންސިލް އިދާރާކަމަށެވެ.

އިޢުލާންގައި އިތުރަށް ބާޔާން ކޮށްފައި ވަނީ، ލަވަޖެހުން މަނާ ސަރަޙައްދުތަކުގައި އެތަންތަން ބަލަހައްޓާ ފަރާތުގެ ޚާއްޞަ ހުއްދައެއްނެތި އެތަންތަނުގެ ކައިރީގައި ލައުޑް ސްޕީކަރު ބޭނުންކުރުމާއި، އަޑުގަދަކޮށް ލަވަޖެހުމަކީ މަނާ ކަމެއްކަމަށް ވާތީ އެއްވެސް ފަރާތަކުން އެފަދަ ކަންކަން ނުކުރުމަށް އަންގާ ނަސޭހަތްތެރިވެ އިލްތިމާސް ކުރާކަމަށެވެ.

އެ ޤަވާއިދުގެ 04 ވަނަ ނަންބަރުގައިވާ ގޮތުން ކައުންސިލުން ހުއްދަ ހޯދުމަށް އެދެން ޖެހޭނީ އެކަމަށް ޚާއްޞަ ކޮށްފައިވާ ފޯމަކުންނެވެ. އަދި މި ޤަވާޢިދު ނަގަހެއްޓުމަށްޓަކައި ކައުންސިލްގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ ތަންތަނާއި ގުޅޭގޮތުން ހަދަންޖެހޭ އުސޫލުތައް މި ޤާވާޢިދަށް ޢަމަލުކުރަން ފަށާތާ 03 މަސް ދުވަސް ތެރޭގައި ހަދައި އެ އުސޫލުތައް ޢާންމުކޮށް ޝާއިޢުކުރަންޖެހެއެވެ.

“ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުމާއި ބޭހޭ ޤަވާޢިދު” ސަރުކާރުގެ ގެޒެޓްގައި ޢާންމުކޮށް ޢަމަލުކުރަން ފަށާފައިވަނީ 2019 ފެބްރުއަރީ 14 ވަނަ ދުވަހުއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.