ބ.ތުޅާދޫ ކައުންސިލްގެ ނައިބްރައީސް މުޙައްމަދު ޢަލިމަނިކު - ތުޅާދޫ އޮންލައިން އާޓްވޯކް: ދިސޮރު

ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ނައިބް ރައީސް އިތުރުފުޅު ހައްދަވައިފި

ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ނައިބް ރައީސް އިތުރުފުޅު ހައްދަވައިފި

Share on twitter
Share on telegram

1444 ވަނަ އަހަރުގެ ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ތުޅާދޫ ކައުންސިލްގެ ނައިބް ރައީސް މުޙައްމަދު އަލިމަނިކު އިތުރުފުޅު ހައްދަަވައިފިއެވެ.

ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ނައިބް ރައީސް މުޙައްމަދު ޢަލިމަނިކު ވިދާޅުވީ، އެ ޖަލްސާގައި އެމަނިކުފާނަށް ހަވާލުކޮށްފައިވާ ޒިންމާއަކީ، ތުޅާދޫ ކައުންސިލްގެ 116 ވަނަ އާންމު ޖަލްސާއިން ނިންމާފައިވާ ނިންމުން އާންމު ކުރެއްވުން ކަމަށެވެ. އެގޮތުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ނައިބް ރައީސް ވިދާޅުވީ ތުޅާދޫގައި އެޅުމަށް ހަމަޖެހިފައިވާ ޕޮލިސް ސްޓޭޝަންގެ ޢިމާރާތަށް “ޝަހީދު ހުސައިން އާދަމް” ގެ ނަމުން ނަން ދިނުމަށް 2023 ފެބްރުއަރީ 19 ވަނަ ދުވަހު ބޭއްވި ތުޅާދޫ ރަށުކައުންސިލްގެ 04 ވަނަ ދައުރުގެ 116 ވަނަ އާންމު ޖަލްސާއިން ތުޅާދޫ ކައުންސިލްގެ އެންމެހާ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައިވާ ކަމަށެވެ.

2023 ފެބްރުއަރީ 19 ވަނަ ދުވަހު ބޭއްވި ރަށުކައުންސިލްގެ 04 ވަނަ ދަޢުރުގެ 116 ވަނަ އާންމު ޖަލްސާއިން ނިންމާފައިވާ ނިންމުންތައް ތުޅާދޫ ކައުންސިލުގެ ވެބްސައިޓްގައާއި ކައުންސިލްގެ ނޯޓީސް ބޯޑުގައި ޢާންމު ކޮށްފައިވަނީ އެ ނިންމުންތައް ނިންމިތާ 07 ދުވަސް ފަހުން 2023 ފެބްރުއަރީ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.

ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި އެތައް މެހެމާނުންނެއްގެ ކުރިމަތީ ނައިބް ރައީސް ވިދާޅުވި ގޮތަށް، 116 ވަނަ ޢާންމު ޖަލްސާއިން ނިންމާފައިވާ ނިންމުންތަކުގެ ތެރޭގައި، ބ.ތުޅާދޫގައި ބިނާކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒަށް “ޝަހީދު ހުސައިން އާދަމް” ގެ ނަމުން ނަންދިނުމަށް ނުވަތަ އެނޫން އެހެން ނަމެއް ދިނުމަށްވެސް ތުޅާދޫ ކައުންސިލުން ނިންމާފައެއް ނުވެއެވެ.

ނައިބް ރައީސް މުޙައްމަދު ޢަލިމަނިކު ވިދާޅުވީ، އެ ޖަލްސާގައި އެމަނިކުފާނަށް ހަވާލުކޮށްފައިވާ ޒިންމާއަކީ، ތުޅާދޫ ކައުންސިލްގެ 116 ވަނަ އާންމު ޖަލްސާއިން ނިންމާފައިވާ ނިންމުން އާންމު ކުރެއްވުން ކަމަށެވެ.

މިކަމާއި ގުޅޭ ގޮތުން ތުޅާދޫ އޮންލައިންގެ ފަރާތުން މަޢުލޫމާތު ހޯދާލުމަށް ތުޅާދޫ ކައުންސިލްގެ އިންފޮމޭޝަން އޮފިސަރ ޙުސައިން އިދުރިސް އަށް ގުޅުމުުން ވިދާޅުވީ، މީޑިއާއަށް އެއްވެސް މަޢުލޫމާތެއް ދެވޭނީ ލިޔުމުން އެ މަޢުލޫމާތެއް ހޯދުމަށް އެދުމުން ކަމަށެވެ. އަދި ޚަބަރު ޕަބްލިޝް ކުރުމުގެ ކުރިން އިތުރު މަޢުލޫމާތެއް ލިބޭތޯ ތުޅާދޫ ކައުންސިލްގެ ރަޢީސް އިބްރާޙީމް އާދިލް އަށް ގުޅުމުން ވިދާވީ، ތުޅާދޫ އޮންލައިންއާއި މެދު އެމަނިކުފާނުގެ ހިތްޕުޅުގައި ހިއްނުތަނަވަސް ކަމެއް އޮތަތީ ތުޅާދޫ އޮންލައިންއަށް މަޢުލޫމާތެއް ދެވެން ނެތްކަމަށެވެ.

 

ހިޔާލުފާޅު ކުރައްވާ!

One Response

  1. މީހަކު ޚަބަރަކައިގެން އައިސްފި ނަމަ އޭގެ ދޮގު ތެދު ބައްލަވާފައި އެ ޚަބަރެއް ޢާއްމު ކުރުމަށް ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހި ޥަސައްލަމް އިރުޝާދު ދެއްވާފައި ވަނީ ވަރަށް މުހިއްމު ސަބަބު ތަކަކަށްޓަކައެވެ. މުޖުތަމަޢުގެ ޢާއްމު މަސްލަހަތު އެކަމެއްގައި ވާނަމަ އެކަމަކުން އުފެދިދާނެ ފިތުނަވެރި ކަމަކުން ސަލާމަތުގެ އައްސޭރި އަކަށް ޥާޞިލު ވެވެން އޮތް މަގު އިޣުތިޔާރު ކުރާ ލިޔުންތެރިއަކަށް ވެވިއްޖެނަމަ އެއާރާސްތު ކޮށްދެވުނީ މުޅީ މުޖުތަމަޢްގެ އަމާން ކަމެވެ.

Leave a Reply

Your email address will not be published.