މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ(މީރާ)

އުޅަނދުތަކުގެ އަހަރީ ފީ ބަލައިގަތުން މީރާއިން ހުއްޓާލައިފި

އުޅަނދުތަކުގެ އަހަރީ ފީ ބަލައިގަތުން މީރާއިން ހުއްޓާލައިފި

Share on twitter
Share on telegram

މި އަހަރުން ފެށިގެން އުޅަނދުތަކުގެ އަހަރީ ފީއާއި ޖޫރިމަނާ، ދަޢުލަތުގެ ޓެކްސް އިދާރާ(މީރާ)އިން ބަލައިނުގަންނަވާނެކަން ހާމަކުރައްވައިފިއެވެ.

އެ އިދާރާއިން ނެރުއްވި އިޢުލާނެއްގައި ވާގޮތުން، މިއަދުން ފެށިގެން އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އަހަރީ ފީ ބަލައިގަންނާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން އެކުލަވާލާފައިވާ ސިސްޓަމް މެދުވެރިކޮށެވެ.

އެ އިޢުލާނުގައި ވަނީ ކުރިއަށް އޮތްތަނުގައި ވެހިކަލްތަކުގެ އަހަރީ ފީއާއި ޖޫރިމަނާ ބަލައިގަންނަނާނީ އެ ސިސްޓަމް މެދުވެރިކޮށް، އެ އުޅަނދެއް ނިސްބަތްވާ ކައުންސިލަކުން ކަމަށް ވިދާޅުވެފައެެވެ. ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން އުޅަނދުތަކުގެ އަހަރީ ފީ ކައުންސިލްތަކަށް ޖަމާވާގޮތަށް ފިނޭންސް މިނިސްޓްރީން ވަނީ ހަމަޖައްސަވައިފައެވެ.

އެ ބަދަލައި ގުޅިގެން ކުރިއަށް އޮތްތަނުގައި މީރާއިން އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އަހަރީ ފީއާއި، ސުންގަޑިއަށް އަހަރީ ފީ ނުދެއްކުމުން ވާ ޖޫރިމަނާގެ ފައިސާ އަދި ޕާކިން އާއި ޓްރެފިކް ވަޔަލޭޝަނާ ގުޅިގެން ކުރާ ޖޫރިމަނާ ބަލައިގަތުން ހުއްޓައިލައްވާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.