ރައީސު އިބްރާހިމް މުހައްމަދު ޞާލިހު -- ފޮޓޯ: ރައީސް އޮފީސް

މިދިޔަ އަހަރު ހާސިލްވި ކަންކަމާ މެދު ފަހުރުވެރިވަން: ރައީސް

މިދިޔަ އަހަރު ހާސިލްވި ކަންކަމާ މެދު ފަހުރުވެރިވަން: ރައީސް

Share on twitter
Share on telegram

މިދިޔަ އަހަރު ދިވެހިންނަށް ހާސިލު ކުރެވުނު ކަންކަމާ މެދު ފަހުރުވެރިވެ ވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެއެވެ.

އާ އަހަރުގެ ތަހުނިޔާ ފޮނުއްވައި ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގިނަ ގޮންޖެހުންތަކަކާ އެކުގައި ވެސް މިދިޔަ އަހަރަކީ ދިވެހިންނަށް ކަންތައްތަކެއް ހާސިލް ކުރެވުނު އަހަރެއް ކަމަށެވެ. އަދި އެކަންކަން ހާސިލް ކުރެއްވުނީމަ، ފަހުރުވެރިވެ ވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަދި މި ފެށުނު އާ އަހަރާ އެކީ އިތުރު ފުރުސަތުތައް ފަހިވެ، ދިވެހިންނަށް އިތުރު ފާގަތިކަމަށް އެދިވަޑައިވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާޏު ވިދާޅުވިއެވެ.

“ހުރިހާ ދިވެހިންނަށް އުފާވެރި، ދުޅަހެޔޮ އަދި ފާގަތި 2023 އަކަށް އެދެން.” ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެމަނިކުފާނުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ފަޒްނާ އަހުމަދުގެ ނަމުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އާ އަހަރުގެ ތަހުނިޔާ ފޮނުއްވައިފައެވެ.

ރައީސް އާއި އަނބިކަނބަލުން ފަޒްނާ މިވަގުތު ހުންނެވީ އަމިއްލަ ދަތުރުފުޅެއްގައި ސްރީލަންކާގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.