ބަރުދަން ލުއިކުރަން ކެވިދާނެ އެއްޗެއް

ބަރުދަން ލުއިކުރަން ކެވިދާނެ އެއްޗެއް

Share on twitter
Share on telegram

ބަރުދަން ލުއި ކުރުމަށް އެކި މީހުން، ތަފާތު އުކުޅުތައް ބޭނުން ކުރެއެވެ. މިކަމަށް އެންމެ ރަނގަޅީ، ގަވައިދުން ކަސްރަތު ކުރުމާ އެކު، ކެއުމުގެ ރަނގަޅު އާދަތައް ހިފެހެއްޓުމެވެ.

އެހެން ނަމަވެސް، ބައެއް މީހުންނަށް ގަވައިދުން ކަސްރަތުކުރުން ވެފައިވަނީ ދަތި ކަމަށެވެ. މިފަދަ މީހުން ކަސްރަތުކުރުމުގެ ބަދަލުގައި އިސްކަން ދެނީ ޑައިޓަށް ބަދަލު ގެނެސްގެން ބަރުދަން ލުއި ކުރާށެވެ.

މި ލިޔުމުގައި މި ހިއްސާ ކޮށްލަނީ ކަސްރަތު ނުކޮށް ބަރުދަން ލުއިކުރަން ބޭނުންވާ މީހުންނަށް ކެވިދާނެ އެއްޗަކާ ބެހޭ މައުލޫމާތެވެ.

ދެކުނު އޭޝިއާގެ މީހުން ކެއުންތަކުގައި އާންމުކޮށް ބޭނުން ކުރާ ކަރަންފުލަކީ ބަރުދަން ލުއި ކުރުމަށް އެހީތެރިވެދޭ އެއްޗެއް ކަމަށް ސިއްހީ ލިޔުންތަކުގައިވެއެވެ. ކަރަންފުލަކީ ދިވެހީން ވެސް ކެއުންތަކުގައި ބޭނުންކުރާ އެއްޗަކަށްވާ އިރު، އާންމުކޮށް ބޭނުންކޮށް އުޅެނީ ދުފާއިރުއެވެ.

މެގްނީސް، ޕޮޓޭސިއަމް، ބީޓާ-ކެރަޓީން، ފައިބަރު އަދި ކާބޯހައިޑްރޭޓްސްއަކީ ކަރަންފުލުގައި ހިމެނޭ ބައެއް މުހިންމު މާއްދާތަކެވެ.

ކަރަންފޫ މައިގަނޑު ގޮތެއްގައި އެންމެ ގިނައިން ހައްދަނީ ޒެންޒިބާރު، އިންޑޮނޭޝިޔާ، އަދި މަޑަގަސްކަރައިގައެވެ. ކަރަންފުލަކީ ކައި ނިމިގެން އަނގައިގެ ތެރޭގައި ހުންނަ ވަސް ކަނޑުވައިލާން ވެސް ކައި އުޅޭ އެއްޗެކެވެ.

ދިވެހި ބޭސްވެރިން އާންމުކޮށް ބޭނުންކުރާ ކަރަންފުލަކީ ގޭސްޓްރިކް މައްސަލަތަކާއި ހޮޑުލެވުމަށް ވެސް އެއްވަނައިގެ ފަރުވާއެކެވެ. ހޮޑުލަވާ ނަމަ ހިމުންކޮށް މުގުރައިފައިވާ ކަރަންފޫކޮޅަކާއި މާމުއި ފޮދެއް އެއްކޮށްލައިގެން ބުއިމުން ހޮޑުލެވުން މަނާކޮށްދެއެވެ.

ބަރުދަން ލުއިކުރަން، ކަރަންފޫ އެހީ ވަނީ ކިހިނެއް؟

ކަރަންފުލަކީ “މެޓަބޮލިޒަމް” އިތުރުކޮށްދޭ އެއްޗެކެވެ. މިއީ ސަރުބީ ވިރުވައިލުމުގެ ގާބިލުކަމެވެ. ދިރާސާތަކުން އެނގޭ ގޮތުގައި، މެޓަބޮލިޒަމް ދަށްވެއްޖެ ނަަމަ، ބަރުދަން އިތުރުވެއެވެ. ހަކުރު ބަލި ހުންނަ މީހުން ވެސް، ކެއުމުގައި ކަރަންފޫ ހިމަނައިގެން ބަރުދަން ލުއި ކުރެވިދާނެއެވެ.

މިކަމުގައި ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަކީ ކޮންމެ އެއްޗެއްވެސް ކާން ވަކި މިންވަރެއް އޮންނަ ކަމެވެ. ބަރުދަން ލުއިކުރުމަށް ކަރަންފޫ ކެޔަސް، މާގިނައިން ކައިފި ނަމަ ސިއްހީ މައްސަަލަތައް ކުރިމތިވެދާނެއެވެ. އެގޮތުން ހިރުގަނޑުގެ މައްސަލަތައް ދިމާވުމާ މޭ އެންދުން ފަދަ ކަންކަމަކީ މާގިނައިން ކަރަންފޫ ކާ ނަމަ ދިމާވެދާނެ މައްސަލަތަކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.