އެޓޯލް ކިއުޓްގެ އުޅަނދެއް - ފޮޓޯ: ފޭސްބްކް

“މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ”

“މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ”

Share on twitter
Share on telegram

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފި އެވެ.

ފާއިތުވެގެން ދިޔަ ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ރަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތަކެއް ވެސް ވަނީ ހިނގާފަ އެވެ.

މެޓް އޮފީހުން އަންނަނީ ހުސްވި މަހުގެ 28 ވަނަ ދުވަހުން ފެށިގެން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރަމުންނެވެ.

މެޓް އޮފީހުން މިއަދު ނެރެފައިވާ އެލާޓްގައި ބުނެފައިވަނީ، ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދުގެ ހިސާބުތަކަށް، މެންދުރު 14:00 އާއި ހަމައަށް ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށީގެން ވާކަމަށާއި، ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނެއްގައި އެ ސަރަހައްދަށް ވައި ޖެހުން އެކަށީގެންވާ ކަމަށް ބުނެފަ އެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށާއިގެންވާ ކަމަށާއި، އެ ސަރަހައްދުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށްފަ އެވެ.

އެހެން ކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދީ، މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އެއިދާރާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

އަދި ވަކިން ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއި، ދަތުރަށް ފުރުމުގެ ކުރިން ބޯޓުގެ ސަލާމަތީ ކަންކަން ފުރިހަމަވެފަ ވޭތޯ ބެލުމަށް އެއިދާރާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.