މުބާރާތުން އެއްވަނަ ހޯދި ތުޅާދޫ ޓީމު

އަތޮޅު ގުރުއާން މުބާރާތުގެ ރަން ވަނަ ތުޅާދޫ އަށް

އަތޮޅު ގުރުއާން މުބާރާތުގެ ރަން ވަނަ ތުޅާދޫ އަށް

Share on twitter
Share on telegram

ބ.އަތޮޅު ކައުންސިލުުން އިންތިޒާމް ކޮށްގެން މި މަހުގެ 29-30 އަށް މުޅި އަތޮޅަށް ހުޅުވާލައިގެން ބޭއްވި ބ.އަތޮޅު ޤުރުއާން މުބާރާތުގެ 1 ވަނަ ބ.ތުޅާދޫ ކައުންސިލުން ހޯދައިފިއެވެ.

މިމުބާރާތުން ތުޅާދޫ ކައުންސިލު އެއްވަނަ ހޯދީ އަތޮޅުގެ ނުވަ ރަށުން ބައިވެރިކުރި 132 ކުދިންނާއި ވާދަ ކޮށްގެންނެވެ.

މި މުބާރާތުގެ ދެވަނަ ހޯދާފައި ވަނީ ކެންދޫ ކައުންސިލުންނެވެ. ތިންވަނަ އަށް ދިޔައީ އޭދަފުށީ ކައުންސިލެވެ.

އޭދަފުށީ މަލްޓިޕާޕަސް ޖަލްސާ ކުރާ މާލަމުގައި މިއަދު ހެނދުނު ބޭއްވި، އަތޮޅު ގުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މުޅި މުބާރާތުން އެއްވަނަ ހޯދި ދަރިވަރުންނަށާއި ކައުންސިލްތަކަށް ޓްރޮފީ ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އެވެ.

ގުރްއާން މުބާރާތުން އެއްވަނަ ކާމިޔާބު ކުރި ތުޅާދޫ ކައުންސިލަށް މިނިސްޓަރު އަހްމަދު ޒާހިރު މިއަދު ޓްރޮފީ ހަވާލުކުރައްވަނީ.—

މި މަހުގެ 29 އިން ފެށިގެން ރޭގެ ނިޔަލަށް، ހަ އުމުރުފުރައަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުން ހިތުން ކިޔެވުމުގެ ބައިން އެއްވަނަ ހޯދީ ކެންދޫ ޠަލަބަތުއްނޫރު ފައުންޑޭޝަންގެ ޢާއިޝަތު އީނާލު އާއި ތުޅާދޫ ސްކޫލުގެ ދަރިވަރު މުޢާން މުޢުތަސިމް މުޙައްމަދެވެ. ފޮތުން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއްވަނަ ހޯދާފައިވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރު އަމްނާއު އަހްމަދު ޝަހީދެވެ.

މި މުބާރާތުގައި ތުޅާދޫން ބައިވެރިވެފައި ވަނީ ތުޅާދޫ ސްކޫލްގެ ޓީމާއި ތުޅާދޫގައި ހިންގާ ތިން ޤުރުޢާން ކްލާހުން ހޮވާލި 3 ޓީމުގެ އިތުރުން ތުޅާދޫ ސިލްވަރޝައިން ކްލަބްގެ ޓީމަކާއި ތުޅާދޫ ސްޕޯޓްސް ކުލަބްގެ ޓީމެކެވެ.
އަތޮޅު ޤުރްއާން މުބާރާތް ބާއްވަނީ ގައުމީ ޤުރްއާން މުބާރާތުގައި ބ.އަތޮޅުން ބައިވެރި ކުރާނެ މޮޅު ކުދިން ހޮވުމަށެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ދިވެހިރާއްޖޭގެ ގައުމީ ޤުރްއާން މުބާރާތުގައި ބ. އަތޮޅު ތަމްސީލުކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.