މޯލްޑިވިއަންގެ ދަތުރުތައް ލަންކާއަށް

މޯލްޑިވިއަންގެ ދަތުރުތައް ލަންކާއަށް

Share on twitter
Share on telegram

ގައުމީއެއާލައިން، މޯލްޑިވިއަން ގެ ދަތުރުތައް ސްރީލަންކާ އަށް ފެށުމަށް ނިންމައިފިއެވެ.

މޯލްޑިވިއަން ގެ ދަތުރުތައް އަވައްޓެރި ލަންކާއަށް އަލުން މިފަށަނީ 10އަހަރަށް ފަހު އެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ، މިމަހުގެ 27 އިން ފެށިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި، ލަންކާގެ ކޮލަމްބޯ އިންޓަނޭޝަނަލް އެއާޕޯޓް (ކޮލަމްބޯ ރަޓްމަލަނާ އެއާޕޯޓް) އާ ދެމެދު ދަތުރުތައް ކުރާނެ ކަމަށެވެ.

ރަޓްމަލަނާ އެއާޕޯޓަށް ދަތުރުތައް ފަށަން ނިންމާފައިވަނީ އެއީ ގިނަ ދިވެހިންތަކެއް އުޅޭ ސަރަހައްދަކަށް ވާތީ ކަމަށާއިއެ ސަރަހައްދަށް ދަތުރުތައް ފެށުމުން، ގިނަ ދިވެހިންނަށް ލުއިތަކެއް ލިބިގެން ދާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.

މޯލްޑިވިއަނުން ރަޓްމަލަނާ އެއާޕޯޓަށް ކުރާ ދަތުރުތައް ތާވަލުކޮށްފައިވަނީ މިމަހު 27، 29، 31، އަދި އަންނަ މަހުގެ ތިންވަނަ ދުވަހަށެވެ. ނަމަވެސް، ދަތުރުތަކަށް ލިބޭ ތަރުހީބަށް ބެލުމަށްފަހު ފްލައިޓްތައް އިތުރުކުރާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

މާލޭން ކޮލަމްބޯއަށް ދެކޮޅު ޓިކެޓެއްގެ އަގު އުޅެނީ 299 އެމެރިކާ ޑޮލަރަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.