ތުޅާދޫގައި ހައްދާފައިވާ ގަސްތަކުގެ ސަބަބުން މީހުންނަށާއި ތަކެއްޗަށް ގެއްލުން ވަމުން ދާތީ ރުއްގަސްތައް ކޮށުމަށް އިލްތިމާސް ކޮށްފިއެވެ.
ތުޅާދޫ ކައުންސިލުން އިއްޔެ އާންމުކުރި އިޢުލާންގައި ވަނީ ތުޅާދޫގެ މަގުތަކާއި ގޯޅިތަކުގައި އަދި ބައެއް ގޭގޭގައި އިންދާ ހައްދާފައިވާ ރުއްގަހުގެ ސަބަބުން މަގު ހިނގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް ގެއްލުން ލިބެމުންދާ ކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާ ކަމަށެވެ.
ގޯތި ތެރޭގައި މަގުމައްޗަށް ވާގޮތަށް ހުންނަ ބޮޑެތި ގަސްތަކުން މަގުމައްޗަށް އެލިފައިހުރި އޮފިތައް، ބިމުން ފެށިގެން 10 ފޫޓް އާއި ހަމައަށް މައްޗަށް، ކޮށުމަށް ތުޅާދޫ ކައުންސިލުން ވަނީ ރައްޔިތުންނަށް އަންގާ އިލްތިމާސް ކޮށްފައެވެ. އަދި މިފަދަ ރުއްގަސްތައް 2020 ޖޫން 21 އިން ފެށިގެން 07 ދުވަސް ތެރޭގައި ކޮށުމަށްވެސް ތުޅާދޫ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.



