ކުނީގެ އެގްރިމަންޓްތަކުގެ މުއްދަތު ހަމަވެ އެތައް މަހެއް، ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަނީ ނުލިބި

ކުނީގެ އެގްރިމަންޓްތަކުގެ މުއްދަތު ހަމަވެ އެތައް މަހެއް، ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަނީ ނުލިބި

Share on twitter
Share on telegram

ތުޅާދޫ ކައުންސިލުން ކުރިޔަށް ގެންދާ ކުނި މެނޭޖު ކުރުމުގެ ޕްރޮގްރާމްގެ ދަށުން ތުޅާދޫގެ ގޭބިސީތަކާއި ކައުންސިލާއި ދެމެދު ވެފައިވާ އެގްރިމަންޓްތައް ހަމަވެ އެތައް މަހެއް ފާއިތު ވެގެން ގޮސްފައިވީ ނަމަވެސް ތުޅާދޫގެ ގޭ ބިސީތަކުން ކުނި ނަގަމުންދަނީ އެގްރިމަންޓެއް ނެތިކަން ހާމަ ވެއްޖެއެވެ.

ތުޅާދޫ އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުނި ނަގަމުންދާ ގޭބިސީތަކުގެ ތެރެއިން %50 އަށް ވުރެ ގިނަ ގޭބިސީތަކުގެ އެގްރީމަންޓްތައް ވަނީ މުއްދަތު ހަމަވެފައެވެ. މުއްދަތު ހަމަވެފައިވާ އެގްރިމަންޓްތަކަށް ބަލާއިރު 2018 އާއި 2019 ވަނަ އަހަރު މުއްދަތު ހަމަވެފައިވާ އެގްރިމަންތައްވެސް ހިމެނެއެވެ.

ތުޅާދޫ ކައުންސިލްގެ 4 ވަނަ ދައުރަށް އަލަށް އިންތިޙާބްވި ކައުންސިލަރުން ދަނީ ނުލިބިވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނިމިދިޔަ ކައުންސިލްގެ ދަޢުރުތެރޭގައި ބަޖެޓަށް ވަންނަން ޖެހޭ މިހާ ގިނަ އަދަދެއްގެ ފައިސާ ހުރިނަމަވެސް އެފައިސާ ހޯދުމަކަށް އެކަށީގެންވާ މަސައްކަތްތަކެއް ކައުންސިލަރުން ކޮށްފައެއް ނުވެއެވެ.

ތުޅާދޫ އޮންލައިންއާއި ވާހަކަ ދެއްކި ބައެއް ގޭބިސީތަކުން ބުނަމުން ދަނީ ގޭބިސީތަކާއި ކައުންސިލްއާއި ދެމެދު ކުނި އުކާލުމަށް އެއްބަސްވުން އެކުލަވާލާފައި ވަނީ ވަކި މުއްދަތެއްގެ ތެރޭގައި އެ މަސައްކަތް ކުރުމަށް ކަމަށެވެ. އަދި އެ މުއްދަތު ހަމަވުމުން ގޭބިސީތަކުން އިތުރަށް އެ ޚިދުމަތަށް ނޭދޭ ނަމަ ކައުންސިލްގެ އަމިއްލަ އިސް ނެގުމަށް ކުރާ މަސައްކަތަކަށް ގޭބިސީތަކުން ފައިސާ ދައްކަން ނުޖެހޭނެ ކަމަށެވެ. އަދި އެއްވެސް އެއްބަސްވުމެއް ނެތި، ނޭދޭ ޚިދުމަތެއް ފޯރުކޮށްދީފަ އެ މުއްދަތަށްވާ ފައިސާ ހޯދުމަށް ގޭބިސީތަކަށް ކައުންސިލުން ގުޅަމުންދާ ކަމަށްވެސް އެފަރާތްތަކުން މައުލޫމާތު ދެއެވެ. އެފަދަ ގޭބިސީ ތަކުގެ ފަރާތްތަކުން ދެކޭ ގޮތުގައި ބަޖެޓަށް ވަންނަންޖެހޭ ފައިސާ ތަކަކަށް ނިމިދިޔަ ކައުންސިލުން މެމްބަރުން ވަނީ އިހުމާލުވެފައެވެ. އަދި އެ ފައިސާ ހޯދަން ޖެހޭނީ ނިމިދިޔަ ކައުންސިލްގެ މެމްބަރުންގެ އަތުންކަމަށް އެފަރާތްތަކުން ބުނެއެވެ.

ތުޅާދޫގެ ބައެއް ގޭބިސީތަކުން ކުނި ނެގުމުގެ މަސައްކަތް މި ހަފްތާ ތެރޭގައި ހުއްޓާލާފައި ވީނަމަވެސް އެއްބަސްވުމެއް ނެތި ތުޅާދޫ ކައުންސިލުން ކުރަމުންދާ މި މަސައްކަތާއިމެދު ކައުންސިލްގައި މަޝްވަރާކޮށް ގޮތެއް ނިންމުމެއް ނެތި މިހާރުގެ ކައުންސިލުންވެސް ދަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.