ބ.ތުޅާދޫ ސްކޫލްގެ ބިދޭސީ ޓީޗަރަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މިއަދު ތުޅާދޫން ޕޮޒިޓިވްވެފައި ވަނީ ރަށުތެރެއިން ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތުގެ ތެރެއިން ސާމްޕަލް ނަގާފައިވާ ބިދޭސީ ޓީޗަރެކެވެ.
ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބިދޭސީ ޓީޗަރު ޕޮޒިޓިވްވެފައި ވާކަން އެނިގިފައި ވަނީ ސްކޫލްތަކުގެ ޗުއްޓީއާއި ދިމާކޮށް މި ހަފްތާތެރޭ އެ ޓީޗަރު ޤައުމަށް ފުރުމަށް ވާންޖެހޭ އެންމެހާ ތައްޔާރިތައް ވެފައި ވަނިކޮށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ތުޅާދޫ މޮނިޓަރިންގ އިން ނެގުމަށްޓަކައި ގިނަ ގުނަ ސާމްޕަލްތަކެއް ނަގައި، ނަގަންޖެހޭ ސާމްޕަލްތަކުގެ އަދަދު އިއްޔެ ތުޅާދޫ ސިއްޙީމަރުކަޒުން ވަނީ ހަމަކޮށްފައެވެ. ނަމަވެސް ރަށުތެރެއިން ރެންޑަމް ސާމްޕަލެއް ޕޮޒިޓިވް ވުމާއި ގުޅިގެން ތުޅާދޫ މޮނިޓަރިންގ އިން ނެގުމަށް ކުރަމުންދިޔަ މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.
ބިދޭސީ ޓީޗަރެއް ޕޮޒިޓިވްވުމާއި ގުޅިގެން ބ.ތުޅާދޫ، ހުދުއަސުރުމާގެ ވަނީ ކަރަންޓީން ކޮށްފައެވެ.



