ބ.ތުޅާދޫ ކައުންސިލްގެ ނައިބްރައީސް މުޙައްމަދު ޢަލިމަނިކު - ތުޅާދޫ އޮންލައިން އާޓްވޯކް: ދިސޮރު

ތުޅާދޫ ކައުންސިލް ނައިބްރައީސްގެ މަޤާމު މުޙައްމަދު އަލިމަނިކު ކާމިޔާބު ކޮށްފި

ތުޅާދޫ ކައުންސިލް ނައިބްރައީސްގެ މަޤާމު މުޙައްމަދު އަލިމަނިކު ކާމިޔާބު ކޮށްފި

Share on twitter
Share on telegram

ބ.ތުޅާދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ކައުންސިލް ނައިބްރައީސްކަން ކައުންސިލަރ އަޙްމަދު އާދިލް (ގަހާ) އާއި ވާދަކޮށް މުޙައްމަދު އަލިމަނިކު ކާމިޔާބް ކޮށްފިއެވެ.

ބ.ތުޅާދޫ ކައުންސިލަށް އަލަށް އިންތިޙާބް ކުރެވުނު ކައުންސިލަރުންގެ ތެރެއިން ނައިބްރައީސަކު އިންތިޙާބް ކުރެވިފައި 3 ފަހަރަށް އެ އައިޓަމް އެޖެންޑާ ކޮށްގެންނެވެ.

މިއަދު 11:00 ގައި ކައުންސިލް އަދާރާގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ތުޅާދޫ ކައުންސިލުގެ 4 ވަނަ ދައުރުގެ 11 ވަނަ އާއްމު ޖަލްސާގައި ނައިބްރައީސްކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި އެ މަޤާމަށް 2 ބޭފުޅަކު ކުރިމަތިލާފައި ވެއެވެ.

ތުޅާދޫ ކައުންސިލްގެ ނައިބްރައީސްގެ މަޤާމަށް ކުރިމަތިލާފައި ވަނީ ވަނީ އެމް.ޑީ.ޕީ ގެ ޓިކެޓްގައި ކައުންސިލް އިންތިޙާބްގައި ވާދަކޮށް އިންތިޙާބް ކާމިޔާބް ކޮށްފައިވާ 2 ކައުންސިލަރުން ކަމުގައިވާ، ކައުންސިލަރ އަޙްމަދު އާދިލް އާއި ކައުންސިލަރ މުޙައްމަދު ޢަލިމަނިކު އެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީން އަންގައިގެން ކައުންސިލް ނައިބްރައީސްގެ މަޤާމަށް އެ ޕާޓީގެ ފަރާތުން އިންތިޙާބްގައި ވާދަކުރާނެ ކައުންސިލަރަކު ކަނޑައެޅުމަށް ތުޅާދޫގައި ބޭއްވި ބައްދަލުވުމުގައި އެ ޕާޓީގެ ފަރާތުން ނައިބްރައީސް ކަމަށް ވާދަ ކުރާނެ ފަރާތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ކައުންސިލަރ އަޙްމަދު އާދިލް އެވެ.

ނަމަވެސް ނައިބްރައީސްގެ މަޤާމު ކާމިޔާބު ކޮށްފައި ވަނީ އެމް.ޑީ.ޕީގެ އެނިންމުމާ ހިލާފަށް ކައުންސިލް ނައިބްރައީސްގެ މަޤާމަށް ވާދަކުރެއްވި ކައުންސިލަރ މުޙައްމަދު އަލިމަނިކު އެވެ.

ނައިބްރައީސް ހޮވުމަށް ބޭއްވި އިންތިޙާބްގައި ކައުންސިލަރ މުޙައްމަދު އަލިމަނިކަށް ލިބިވަޑައިގެންފައި ވަނީ 04 ވޯޓެވެ. އަދި ކައުންސިލަރ އަޙްމަދު އާދިލް (ގަހާ) އަށް ލިބިފައި ވަނީ 03 ވޯޓެވެ.

ބ.ތުޅާދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ނައިބްރައީސް މުޙައްމަދު އަލިމަނިކުއަށް ތުޅާދޫ އޮންލައިންގެ މެނޭޖުމަންޓާއި އެންމެހާ މުވައްޒަފުންގެ ނަމުގައި މަރުހަބާ ކިޔަމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.