ބ.ތުޅާދޫ ސިއްޙީމަރުކަޒުގެ އިތުރު މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ތުޅާދޫ އޮންލައިންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ ޕޮޒިޓިވް ވެފައި ވަނީ “ނަޝޭމަން” ވޭދަނާގައި ހިމެނޭ ފަރާތަކާއި ޑައިރެކްޓް ކޮންޓެކްޓްވެގެން މިވަގުތު ބ.ތުޅާދޫ، މީޒާން އުތުރުބައިގައި ކަރަންޓީންގައި ހުރި ފަރާތެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ޕޮޒިޓިވްވި ފަރާތް ޕޮޒިޓިވްވެފައިވާކަން އެނގިފައި ވަނީ ޑައިރެކްޓް ކޮންޓެކްޓްވެގެން 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށްފަހު މިއަދު ނެގި ރިލީޒިންގް ސާމްޕަލުންނެވެ.
ތުޅާދޫ ސިއްޙީމަރުކަޒުން އާއްމުކޮށްފައިވާ ތަފާސް ހިސާބް ދައްކާ ގޮތުން މިއަދު ތުޅާދޫން ނަގާފައިވަނީ އެންމެ މީހެއްގެ ސާމްޕަލެވެ.
ތުޅާދޫން މިހާތަނަށް ޖުމްލަ 1143 ސާމްޕަލެއްވަނީ ނަގާފައެވެ. މީގެތެރެއިން 1069 މީހުން މިބައްޔަށް ވަނީ ނެގެޓިވް ވެފައެވެ. އަދި މިހާތަނަށް ނަގާފައިވާ ހުރިހާ ސާމްޕަލްގެ ނަތީޖާ ވަނީ ލިބިފައެވެ.
ތުޅާދޫން މިބައްޔަށް ޖުމްލަ 74 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މިހާތަނަށް 65 މީހަކު ވަނީ މިބަލިން ފަސޭހަވެފައެވެ. އެހެންކަމުން މި ވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 9 އެކެވެ.



