ބ. އަތޮޅު ތުޅާދޫން ނަގާފައިވާ ސާމްޕަލެއް ޕޮޒިޓިވް ވެއްޖެއެވެ.
ތުޅާދޫ އޮންލައިންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ޕޮޒިޓިވް ވެފައި ވަނީ “ނަޝޭމަން” ވޭދަނާގައި ހިމެނޭ ފަރާތަކާއި ޑައިރެކްޓް ކޮންޓެކްޓްވެގެން މިވަގުތު ބ.ތުޅާދޫ، ސްނޯރޯޒްގައި ކަރަންޓީންގައި ހުރި ފަރާތެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ޕޮޒިޓިވްވި ފަރާތް ޕޮޒިޓިވްވެފައިވާކަން އެނގިފައި ވަނީ ޑައިރެކްޓް ކޮންޓެކްޓްވެގެން 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށްފަހު ނެގި ރިލީޒިންގް ސާމްޕަލުންނެވެ.
ސްނޯރޯޒްގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެގޭގެ ކަރަންޓީންގެ މުއްދަތު އިތުރު ކުރެވިގެން ދާނެއެވެ.



