ތުޅާދޫން ރެންޑަމް ސާމްޕަލެއް ޕޮޒިޓިވް ވެއްޖެ

ތުޅާދޫން ރެންޑަމް ސާމްޕަލެއް ޕޮޒިޓިވް ވެއްޖެ

Share on twitter
Share on telegram

ބ.ތުޅާދޫން ނަގާފައިވާ ރެންޑަމް ސާމްޕަލެއް ޕޮޒިޓިވް ވެއްޖެއެވެ.
މިރޭ ޕޮޒިޓިވްވެފައި ވަނީ ބ.ތުޅާދޫ، ހޭޒްލީންގެއިން ނަގާފައިވާ ރެންޑަމް ސާމްޕަލެކެވެ.

މިއަދު ތުޅާދޫން ޖުމްލަ 30 މީހެއްގެ ސާމްޕަލް ނަގާފައި ވެއެވެ. މިއަދު ނަގާފައިވާ ހުރިހާ ސާމްޕަލަކީވެސް ރެންޑަމް ސާމްޕަލެވެ.

ތުޅާދޫން މިހާތަނަށް ޖުމްލަ 1013 ސާމްޕަލެއްވަނީ ނަގާފައެވެ. މީގެތެރެއިން 896 މީހުން މިބައްޔަށް ވަނީ ނެގެޓިވް ވެފައެވެ. އަދި މިހާތަނަށް ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 46 ސާމްޕަލްގެ ނަތީޖާ ވަނީ ނުލިބިއެވެ.

ތުޅާދޫން މިބައްޔަށް ޖުމްލަ 71 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މިހާތަނަށް 59 މީހަކު ވަނީ މިބަލިން ފަސޭހަވެފައެވެ. އެހެންކަމުން މި ވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 12 އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.