ތުޅާދޫގެ ބޮޑުމަގު ހުޅަނގުކޮޅު - ފޮޓޯ: ދިސޮރު / ތުޅާދޫ އޮންލައިން

އޭދަފުށިން ތުޅާދޫއަށް ދަތުރުކުރި ފަރާތެއް ކޮވިޑް-19 އަށް ފައްސި ވެއްޖެ

އޭދަފުށިން ތުޅާދޫއަށް ދަތުރުކުރި ފަރާތެއް ކޮވިޑް-19 އަށް ފައްސި ވެއްޖެ

Share on twitter
Share on telegram

ބ.އަތޮޅު އޭދަފުށިން ތުޅާދޫއަށް ދަތުރުކުރި ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާކަން އެނގިފައި ވަނީ ކަރަންޓީނުގެ މުއްދަތު ހަމަކޮށް ނެގި ރިލީޒިންގް ސާމްޕަލުންނެވެ.

މިރޭ ޕޮޒިޓިވްވި ފަރާތް އޭދަފުށިން ތުޅާދޫ އަށް ދަތުރު ކޮށްފައި ވަނީ ނިމިދިޔަ މެއި މަހުގެ 30 ވަނަ ދުވަހުއެވެ.

ތުޅާދޫން މިހާތަނަށް ޖުމްލަ 1013 ސާމްޕަލެއްވަނީ ނަގާފައެވެ. މީގެތެރެއިން 896 މީހުން މިބައްޔަށް ވަނީ ނެގެޓިވް ވެފައެވެ. އަދި މިހާތަނަށް ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 46 ސާމްޕަލްގެ ނަތީޖާ ވަނީ ނުލިބިއެވެ.

ތުޅާދޫން މިބައްޔަށް ޖުމްލަ 71 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މިހާތަނަށް 59 މީހަކު ވަނީ މިބަލިން ފަސޭހަވެފައެވެ. އެހެންކަމުން މި ވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 12 އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.